ޕީޕީއެމުން އަތީފަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓު ގައި ވާދަކުރާ މުހައްމަދު އަތީފް— ފޮޓޯ: ޕީއެސްއެމް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އަތީފަށް ޕީޕީއެމް ކޯލިޝަނުން ކުރި ތާއީދު އަނބުރާ ގެންގޮސްފިއެވެ.

އަތީފުގެ ތާއީދު އަނބުރާ ގެންގޮސްފައިވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ އޮފީހަށް، އެ ކޯލިޝަންގެ މެމްބަރުންތަކެއް ވަނުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ޕީޕީއެމް-ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަތީފްގެ މައްސަލަ ސުލޫކީ ކޮމެޓީއިން ބަލަމުންދާ ކަމަށެވެ.

އަބްދުރަހީމް ވިދާޅުވި ގޮތުގައި އަތީފް ވަނީ ކޯލިޝަނުގެ އިސް ބޭފުޅުން އޮފީހަށް ވަނަ ނުދީ ހިފަހައްޓާފައެވެ.

“އަޅުގަނޑުމެން ކުރި މަޝްވަރާއަކާ ގުޅިގެން އަތީފް ވަނީ މިތަނަށް އައިސް އަޅުގަނޑުމެން ގަބޫލު ނުކުރާ ގޮތަކަށް ކަންތައްކޮށްފައި. އެހެންވެ އެ މައްސަލަ ޕިޕީއެމްގެ ސުލޫކީ ކޮމެޓީ އިން ބަލަމުން ގެންދާ ވާހަކަ ދަންނަވަން،”

އަބްދުއްރަހީމް ވިދާޅުވީ މިހާރު ނިންމާފައިވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު، މުހައްމަދު ޒަހީން އަށް ތާއީދު ކުރަން ކަމަށެވެ.

އަތީފާއި ޒަހީންގެ އިތުރުން ތުޅާދޫ ދާއިރާއަށް ދެން ވާދަކުރައްވަނީ ރައީސް މައުމޫނުގެ ތާއީދާއެކު ކުރިމަތިލައްވާ އަމިއްލަ ކެންޑިޑޭޓު އިބްރާހިމް އަފީފު އަދި އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.