ސަލީމަށް ވޯޓު ދީފި ނަމަ ވަޒީފާ އިން ވަކި ކުރާނެ ކަމަށް އިންޒާރުދޭ އޯޑިއޯއެއް ލީކުވެއްޖެ!

އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ވޯޓު ދީފި ނަމަ ފެނަކައިގެ ވަޒީފާއިން ވަކި ކުރާނެ ކަމަށް އާއްޓޭގެ އިންތިހާބީ އެޖެންޓަކު ބައެއް ފަރާތްތަކަށް އިންޒާރު ދިން ކަމަށް ބެލެވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

އެއީ އާއްޓޭގެ ކެމްޕޭން މެނޭޖަރު އާޔަތުﷲ ހުސައިން އޯޑިއޯއެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުތައް ކޮށްފައެވެ.

އެ އޯޑިއޯގައި އާއްޓޭއަށް ތާއިދު ނުކޮށްފިނަމަ ވަޒީފާ އިން ވަކިކުރާނެ ކަމަށް އާޔަތުﷲ ބުނުމުން މުވައްޒަފު އެފޯން ކޯލްގައި ބުނަނީ އާދައިގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ވާހަކަ މީގެ ކުރިން އަޑުނާހާ ކަމަށެވެ. އެވާހަކައަށް ރައްދު ދެމުން އާޔަތުﷲ ބުނަނީ ވެރިއެއް ނުވަތަ އާދައިގެ މުވައްޒަފެއް ނޯންނާނެ ކަމަށެވެ.

ނަމަވެސްއެ އޯޑިއޯއާއި ގުޅިގެން އާޔަތުﷲ ބުނީ އޯޑިއޯގައި ވަނީ އޭނާގެ އަޑު ނޫން ކަމަށާއި އެއީ ބަޔަކު ރާވައިގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އަދި މީހުން ވަޒީފާ އިން ކަނޑާ ވަކި ކުރުމުގެ ބާރު އޭނާއަށް ނޯންނަކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ސަރުކާރުން އެފަދަ ކަމަކަށް ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ބުނެއެވެ.

“އަޅުގަނޑުގެ އަޑެއް ނޫން އެއީ، ނަމަވެސް އެ ފޯންކޯލުގައި ދެން ވާހަކަ ދައްކަނީ އަޅުގަނޑުގެ ކަޒިން ކޮއްކޮއެއް. އޭނާއަށް އަޅުގަނޑު ގުޅަން އަބަދު ވެސް، ނަމަވެސް ދެން އެ ދައްކާ ވާހަކަތަކަކީ ދުވަހަކު ދެއްކި ވާހަކައެއް ވެސް ނޫން،” އޯޑިޔޯގައި އޭނާ ބުނެއެވެ.

ފެނަކައިގެ މުއްޒަފަކު ވަކި ކުރާނެ ކަމަށް އިންޒާރު ދޭ އޯޑިއޯ ލީކުވެފައިވާއިރު އެ ކުންފުނިން މި ފަހުން ވަނީ 14 ރީޖަނަލް އޮފީހެއް ބަންދު ކުރުމާ ގުޅިގެން އޭދަފުށީ ބްރާންޗުގައި މަސައްކަތް ކުރި ދެ މުވައްޒަފަކުވެސް ވަނީ ވަކިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.