ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓީއެފްޖީ ގުޅިގެން ބާއްވާ ކުޑަކުދިންގެ ދުވުން މިމަހު 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް ކިޑްސް ރަން އާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބީއެމްއެލްގެ މެނޭޖާ ޕްބަލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވެފައިވަނީ އެ ދުވުމަކީ އާކް އިން ކުރިއަށް ގެންދަން ނިންމާފައިވާ ބުލީ ކުރުމާ ދެކޮޅު ހަރާކާތަށް ފަންޑް ރެއިޒް ކޮށްދިނުމަށް ބާއްވާ އިވެންޓެއް ކަމަށެެވެ.

ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ އެ ދުވުމާއި ގުޅޭގޮތުން ޓީއެފްޖީން ބުނީ ދުވުމުގައި ހަތަރު އުމުރު ފުރައެއްގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އުމުރުފުރާތަކަކީ ހަތަރު އަހަރާއި ހަ އަހަރުގެ އުމުރުފުރާ އާއި ހަ އަހަރާއި އަށް އަހަރުގެ އުމުރުފުރާ އާއި އަށް އަހަރާއި 10 އަހަރުގެ އުމުރުގެ ފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ ކުދިންގެ އުމުރުފުރާ ކަމަށެވެ.

ހަތަރު އަހަރާއި އަށް އަހަރުގެ ކުދިން ބެލެނެވެރިންނާއިއެކު ދުވުމަށް ހަމަޖެހިފައިވާއިރު ، 10 އަހަރާއި 13 އަހަރުގެ ކުދިން ދުވަނީ އެކި ކަމަށްވެސް އެ އިވެންޓް ބާއްވާ ފަރާތުން ބުނެފައިވެއެވެ. ބެލެނިވެރިންނާއެކު ދުވާ އުމުރުފުރައިގެ ކުދިންގެ އަތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 299ރ ނަގާއިރު، އަދި ބެލެނިވެރިންނާ ނުލައި ދުވާ އުމުރު ފުރައިގެ ކުދިންގެ އަތުން 199ރ. ނަގާނެ ކަމަށްވެސް އެފަރާތުުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.