ލަނޑާގިރާވަރުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ

ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރުން އެ ރިސޯޓުން ބުނީ، އެޕްރެންޓިސް ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އޭލެވެލް ނިންމާފައިވާ އުމުރުން 17-21 އަހަރާ ދެމެދުގެ ކުދިންނަށް ކަމަށެވެ. އެގޮތުން އެ ކުދިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެ ރިސޯޓުން ބުނީ، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ކުދިންނަށް އެ ރިސޯޓްގައި ހިންގާ މެރިން ޑިސްކަވަރީ ސެންޓަރުގަ އާއި މަންތާ ޓްރަސްޓްގައި މެރިން ސައިންސްގެ ހުނަރާއި ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޑައިވް ކުރުމުގެ ތަޖުރިބާވެސް މި ޕްރޮގްރާމުގެ ތެރެއިން ލިބެންދާނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ސްކޫބާ ޑައިވްގެ އެޑްވާންސް ސެޓްފިކެޓެއްގެ އިތުރުން އޮންލައިންކޮށް މެރިން ބައޮލޮޖީ އެންޑް އޯޝަނޯގްރަފީ ލެވެލް 3 ގެ ޑިޕްލޮމާ ސެޓްފިކެޓެއް ލިބޭނެ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.   

މި ޕްރޮގްރާމުގައި ބައިވެރިވަން ޝައުޤުވެރިވާ ޒުވާނުން އަންނަ އާދީއްތަ ދުވަހުގެ ކުރިން [email protected]  އަށް ސީވީ މެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު 9127751 އިން ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.