އެކްސްކަވޭޓަރު މަރާމާތު ނުކުރެވި އަހަރަކަށްވުރެ ގިނަ ދުވަސް!

އޭދަފުށީ ކައުންސިލްގެ އެކްސްކަވޭޓަރު މަރާމާތު ނުކުރެވި ހަލާކުވަނީ

އޭދަފުށީ ޗާންދަނީގޭ އަހްމަދު ނަޒީރު މިރަށު ކައުންސިލަށް ހަދިޔާކުރި އެކްސް ކަވޭޓަރު މަރާމާތު ނުކުރެވި އަހަރުތަކަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ރަށު ކައުންސިލު ބުނިގޮތުގައި އެކްސްކަވޭޓަރު މަރާމާތު ނުކުރެވި ގިނަ ދުވަސް ވަނީ އެކަން ކޮށްދޭނެ ބަޔަކު ނުވެގެންނެވެ.

“ދެފަހަރު އިއުލާން ކޮށްގެން ބަޔަކު ނުވެގެން މިހާރު 5 ވަނަ ފަރާތަކާ ވާހަކަ ދައްކާފައިވަނީ. އަދިވެސް މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަރާމާތުކޮށްދޭ ފަރާތަކާއެކު އެއްބަސްވުމަކަށް އާދެވޭތޯ،” ތޮލާލް ވިދާޅުވި އެވެ.

“މީގެ މަހެއްހާ ދުވަސް ކުރިންވެސް ބަޔަކާ ވާހަކަދެކެވި މި މަސައްކަތް ކޮށްދޭނެ ކަމަށް ބުނި. އެކަމަކު އަދިވެސް އެފަރާތުން އެކަން ކުރެވޭ ގޮތެއް ވާގޮތެއް ނުވޭ،”  

ތޮލާލު ވިދާޅުވީ އެކްސްކަވޭޓަރު އަވަހަށް މަރާމާތުކޮށް ބޭނުން ކުރުމަށްޓަކައި މިހާރު ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން މި މަސައްކަތް ވީހާވެސް އަވަހަކަށް ބަޔަކާ ހަވާލުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

1.5 މިލިއަން ރުފިޔާގެ އަގުހުރި މި އެކުސްކަވޭޓަރު އޭދަފުށީ ކައުންސިލާ ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. މި އެކްސްކަވޭޓަރު ސަބަބުން ރަށުތެރޭގައި ކައުންސިލުން ކުރަމުންގެންދާ  ތަފާތު މަސައްކަތްތަކުގަ އާއި ކައުންސިލުން ހިންގާ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައިވެސް ވަރަށްބޮޑު ފަސޭހަކަމެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މީގެ އިތުރުން ރަށުގެ ޢާއްމު ރައްޔިތުން ކުރާ ތަފާތު މަސައްކަތްތަކުގައި އެކްސްކަވޭޓަރު ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ކުއްޔަށް ދޫކުރުމުން ރައްޔިތުންގެ މާލިއްޔާއަށް އާމުދަނީ ލިބެމުންވެސް ގޮސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.