ކިޔެވުން ފެށިތާ 3 މަސް، އަދިވެސް އޭ ލެވެލް ޓެކްސްޓް ފޮތްތައް ހަމައެއްނުވޭ

ދިރާސީ އާ އަހަރުގެ ކިޔެވުންފެށި ތިންމަސް ވީ އިރު ވެސް އޭލެވެލް އަށް ކިޔަވާ ދަރިވަރުންނަށް އަދިވެސް ޓެކްސްޓް ފޮތްތައް ހަމައަށް ނުލިބޭތީ ބައެއް ބެލެނިވެރިން ކަންބޮޑުވެއްޖެ އެވެ.

ކަންބޮޑުވުން ފާޅުކޮށް “އީޓީ”އާ ވާހަކަދެއްކި ބ. އަތޮޅު ސްކޫލެއްގެ ބެލެނިވެރިއަކު ބުނީ އޭލެވެލް ކިޔެވުން ފެށުމުގެ ކުރިން ވައުޗާ ދިން ނަމަވެސް ބައެއް ޓެސްޓް ފޮތްތައް އަދިވެސް ހަމައަށް ނުލިބޭ ކަމަށެވެ. ޓެކްސްޓް ފޮތްތައް ދޫކުރަނީ ސްކޫލްތަކުންނެވެ.

“ކުރިން އޭލެވެލް ކްލާސްތައް ފަށާ ދުވަހު ސްކޫލުން ލިބޭނެ ފޮތްތައް، އަދި ލިބުނީ ދިވެހި ފޮތާއި އިސްލާމުފޮތް އެކަނި، އެހެން މާއްދާތައް ކިވަވައިދެނީ ކިހިނެއް ކަމެއް ވެސް ނޭނގޭ، މިއީ މީގެ ކުރިން ވާ ކަމެއް ނޫން،” ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުންޏެވެ.

ދިވެހި އިސްލާމު ފިޔަވައި އެހެން މާއްދާތަކުގެ ޓެކްސްޓް ފޮތްތައް ފޮތްތައް ލިބޭނީ ފަހުން ކަމަށް ބެލެނިވެރިންނަށް ވަނީ އަންގައިފަ އެވެ. އެހެންކަމުން މިހާރު ދިމާވެގެން މި އުޅެނީ ކީ ސްޓޭޖް 4 އަށް މިއަހަރު ކިޔަވައިދޭން ފެށިއިރު ފޮތްތައް އަދިވެސް ޗާޕްކޮށް ނުނިމެނީ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Awesome

    Awesome
    Madam ulhuvanee agenda 19 hippavaigen Vp aa eku vaguthu heydha kureveytho a. School system ehkoh halaaku nuvanees izzatheri Raees harudhanaa fiyavalhu alhuvan eba jehey

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.