ވާވޭ މޭޓް ޕީ30 ފޯނުތަކަށް އުރީދޫން ޕްރީ އޯޑަ ނަގަން ފަށައިފި

ވާވޭއިން އަލަށް ތައާރަފްކުރި ވާވޭ ޕީ30 ސީރީޒުގެ ފޯނުތަކަށް ޕްރީ އޯޑަރު ނަގަން އުރީދޫން ފަށައިފި އެވެ.

އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއް ގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ޕީ30 ސީރީޒްއަށް ޚާއްޞަ ޕްލޭންތައް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެ ކަމަށާއި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތައް ހިމެނޭ ކަމަށް އުރީދޫ އިން ބުނެއެވެ.

“ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން އުރީދޫ އިން އަވަދުވެސް މަސައްކަތް ކުރަމުންދަނީ، މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތައް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް. އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަ ކޮށްދިނުމަށް.” އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށާއި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.