ލެވިސްޓާ ކަޕުގެ އިނާމުގެ ގޮތުގައި 10 ސައިކަލާއި 16 ބައިސްކަލް ދެނީ

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ “ލެވިސްޓާ ފުޓްސަލް ކަޕް”ގައި ފައިސާގެ އިނާމުގެ ބަދަލުގައި އަގުބޮޑު ސައިކަލާއި ބައިސްކަލްދޭން ނިންމައިފި އެވެ.

ޗެމްޕިއަން ޓީމުގެ ކުޅުންތެރިންނަށް ހުށަހަޅާ ސައިކަލް

އަންނަ ހަފްތާ ބަންދުގައި އޭދަފުށީގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8 މޮޓޯސައިކަލް ހުށަހަޅާފައިވާއިރު މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެއް ވަނީ ހުށަހަޅާފަ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި ފެއާޕްލޭ ކުޅުންތެރިޔާއަށްދޭ ސައިކަލް

މީގެ އިތުރުން ރަނާއަޕް އަދި ތިންވަނަ ޓީމަށް އިނާމުގެ ގޮތުގައި 16 ބައިސްކަލް ލިބޭނެ އެވެ.

މިއީ 378،600ރުފިޔާގެ އަގުހުރި އިނާމެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ މިއަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން އަންނަ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ލިސްޓް ހުށަހަޅަން ޖެހެއެވެ. ޓީމު ލިސްޓް ހުށަހެޅުމަށާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އޭދަފުށިން ގުޅާނީ 9993061، ހިތާދޫން 9721200 އަދި މާޅޮހުން 9907875 ނަންބަރު ފޯނާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.