ގަޑި ޖެހުމާ އެކު ވޯޓު ލުން ބަންދުވެއްޖެ

15:36 :ވޯޓުުލުން 6 ޖެހުމާއެކު މަލްޓިޕާޕަސް ހޯލް އަދި ހޮސްޕިޓަލުގައި ބަހައްޓަފައިހުރި ވޯޓްފޮށީ ބަންދުކޮށްފި. ވޯޓް ކަރުދާސްކޮޅެއްގެ މައްސަލައިގައި ސްކޫލުގަިއ ބަހައްޓަފއިހުރި ވޯޓްފޮށި އަދި ބަންދުނުކުރޭ

12:50 ބ. އޭދަފުށީގެ އެއް ނަމްބަރު ވޯޓު ފޮއްޓަށް މިހާތަނަށް 280 މީހުން ވޯޓު ލާފައިވޭ. އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 599 މީހުންނަށްއޭދަފުށީ ދެ ނަމްބަރު ވޯޓު ފޮއްޓަށް ވޯޓު ލާފައިވަނީ 250 މީހުން. އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 565 މީހުންނަށް

އަދި ހަމަ އެރަށުގެ ތިން ނަމްބަރު ވޯޓު ފޮއްޓަށް 325 މީހުން މިހާތަނަށް ވޯޓު ލާފައިވޭ. އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 621 މީހުންނަށް.

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އޭދަފުށީގައިވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.

މި އިންތިހާބުގައި އޭދަފުށީގައި ތިން ވޯޓް ފޮށި ވަނީ ބަހައްޓައިފަ އެވެ. އޭދަފުށީގައި ވޯޓު ފޮށިތައް ބަހައްޓިފައިވަނީ މަލްޓިޕާޕަސް ހޯލް، ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ބ. އަތޮޅުހޮސްޕިޓަލުގަ އެވެ.

މި އިންތިހާބުގައި އޭދަފުށީ ދާއިރާއަށް 4 ކެންޑިޑޭޓުން ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ އަމިއްލަ ކެނޑިޑޭޓް އަހްމަދު ފައިސަލް، އެމްއެލްއެސްޑީހެ ކެނޑިޑޭޓް ޔޫސުފް މޫސާ (ޔޫސޭ)، އެޕްޑީޕީގެ ފަރާޓުން އަހްމަދު އާރިފް (އާއްޓެ) އަދި ޕީޕީއެމްގެ ފަރާތުން މިހާރުވެސް މަޖިލިސް ގޮނޑި ފުރުއްވަމުން ގެންދަވާ އަހަމްދު ސަލީމް އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.