އުރީދޫގެ މި އަހަރުގެ މަސް ރޭސް ލޯންޗުކޮށްފި

ބޮޑު ތަރުޙީބަކާއެކު ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން ބާއްވާ މި އަހަރުގެ މަސް ރޭސް ލޯންޗުކޮށްފި އެވެ. މިއީ އެ ކުންފުނިން ބާއްވާ އަށް ވަނަ މަސް ރޭހެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، ލިބޭ ޙާއްސަ އުފަލެއް ކަމަށެވެ.

“ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފައި. މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ޙާއްސަ އުފަލެއް. އަދި މަސްރޭހާއި މެދު އަޅުގަނޑުމެން ފަޙުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުން،” ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މަސްރޭހުގެ 10ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

އުރީދޫން ބުނި ގޮތުގައި މަސްރޭހުގައި ބައިވެރިވުމަށް، މާދަމާ ފުރުސަތު ހުޅުވާލާނެއެވެ. ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެއެވެ. ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހު ކަމަށް އުރީދުން ބުންޏެވެ.


މަސްރޭސް ކާމިޔާބު ކުރާ ޓީމް ތަކަށް އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. އެގޮތުން، އެއްވަނަ ހޯދާ ޓީމަށް 50000 ރުފިޔާ  ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެންމެ ގިނަ މަސް ބޭނި ” މުބާރާތުގެ މަސްވެރިޔާ” އަށް  5000 ރުފިޔާ އާއި ރަންކޯރި އެއް ލިބޭއިރު، އެންމެ ބަރު މަސް ބޭނި ފަރާތަކަށާއި، އެއްވަނަ އަންހެން ކެޔޮޅަށް ދޭން ހަމަޖެހިފައިވަނީ 5000 ރުފިޔާ އެވެ.

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.