10 ޓީމާ އެކު މާރެސް އަތޮޅު ވޮލީ މުބާރާތް މާދަމާ ފަށަނީ

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން  ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ  އަތޮޅު ވޮލީބޯޅަ މުބާރާތުގައި މިއަހަރު 10 ޓީމު ބައިވެރިވެއްޖެ އެވެ.

މާރެސް އިން ބުނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތައި  އަންހެން 4 އަދި ފިރިހެން ޑިވިސަންގެ 6 ޓީމު ވަނީ ބައިވެރިވެފަ އިވާ ކަމަށެވެ.

މުބާރާތުގެ އަންހެން ޑިވިސަން މެޗަތައް ކުރިއަށްދާނީ އެޕްރީލް 12 ން 18 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަން ދަރަވަންދޫ އެވެ. ގޮއިދޫ އަދި ދަރަވަންދޫގެ އިތުރުން މިމުބާރާތުގައި ބައިވެރިވެފައިވަނީ މާޅޮސް އަދި ކަމަދޫ އެވެ. 

ފިރިހެން ޑިވިސަންގެ މެޗުތައް ކުރިއަށްދާނީ އެޕްރީލް 19ން 27 އަށެވެ. ފިރިހެން ޑިވިސަންގައި ވާދަކުރާ 6 ޓީމަކީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ، ކުޑަރިކިލުގެ އިތުރުން މިމުބާރާތުގައި އަލަށް ވާދަކުރާ ކަމަދޫ އަދި ދޮންފަނެވެ. 

މާރެސް އިން 2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެންޑިވިޝަންގެ 3 މުބާރާތް ބާއްވައިފަ އެވެ. ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމު ވާދަކުރިއިރު، ފިރިހެންޑިސަން އަދި އަންހެން ޑިވިސަންގެ  ފައިނަލްގައި މާޅޮސް ބަލިކޮށް  2 ޑިވިސަންގެ ވެސް ޗެމްޕިއަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ. 

މިމުބާރާތުގެ މަގްޞަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި، ކުުންތެރިންގެ ހުނަރު ރަނަގޅުކުރުމުގެ އިތުރުން އެކުވެރިކަން އާލާ ކުރުން ކަމަށް މާރެސް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.