ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ‘ފެތުން ތަރިން’ ޕްރޮގްރާމް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ‘ފެތުން ތަރިން’ ގެ ނަމުގައި މިއަދު ހަވީރު އިފްތިތާހުކުރި މި ޕްރޮގްރާމަކީ އަލަށް ފަތަން ދަސްކުރުމަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ.

މިއަދުން ފެށިގެން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތުވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގަިއ މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމައުގައި އިތުރު ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ދަސްކުރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބޭންކުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ އޮފިޝަލް ވިދާޅުވީ އަޅުގަނޑުމެންގެ ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު،  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

“އަޅުގަނޑުމެން ދެކޭގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ‘ފެތުން ތަރިން’ ޕްރޮގްރާމް ވެގެންދާނީ ވަރަށް ބޭނުންތެރި ޕްރޮގްރާމަކަށް،”

ސްވިމިންގ އެސޯސިއޭޝަންގެ ތަޖްރިބާކާރު ކޯޗުންގެ ފުރިހަމަ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށްގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމް މެދުވެރިކޮށް ގިނަ ފަރާތްތަކަކަށް ފަތަން ދަސްވެ، އަދި ފެތުމަށް ހުންނަ ޝައުގުވެރިކަން އިތުރުވެގެން ދިޔުން،” ބީއެމްއެލްގެ އޮފިޝަލް ވިދާޅުވިއެވެ.

ބާރުވެރިކުރުމުގެ ގޮތުން، ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ ބީއެމްއެލް އިން އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއެކު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެ ޖަމިއްޔާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންދުންތެރިކަން ހުންނަފަރާތްތަކަށް ބޭނުންވާ ތަފާތު ތަކެއްޗާއި އާލާތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.