ކޭހިލްގެ އެކަޑަމީން އޭދަފުށީ ކުދިންނަށް ފުޓްބޯޅަ ކޭމްޕެއް

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޮސްޓްރޭލިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި އޮސްޓްރޭލިޔާގެ ކޭހިލްގެ ފޯ ސެވަންޓީން އެކެޑަމީއާ އަމިއްލަފުށި ރިސޯޓާ ގުޅިގެން އޭދަފުށީ ކުދިންނަށް ހާއްސަ ފުޓްބޯޅަ ކޭމްޕެއް  އެ ރިސޯތްގައި ފަށައިފި އެވެ.

އަމިއްލަފުށިން ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގެ ފުޓްބޯލްޓެކް އެކެޑަމީއާ އެކު ވެސް އޭދަފުށީ ކުދިންނަށް ހާއްސަކޮށްގެން ފުޓްބޯޅައިގެ ޕްރޮގްރާމެއް ހިންގައިފަ އެވެ.

ރިޒޯޓުގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް، ބްރިންޑާ ހޯރާ ވިދާޅުވި ގޮތުގައި މި ކޭމްޕަކީ ރިޒޯޓުގައި ކުރިއަށްގެންދާ އީސްޓާ ކޭމްޕުގެ ތެރެއިން އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކޭމްޕަކީ ރިޒޯޓުގައި ކުރިއަށްގެންދާ އީސްޓާ ކޭމްޕުގެ ތެރެއިން އެއްވެސް އަގެއް ނުނަގައި އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕްގައި އޭދަފުށީ ކުދިންގެ އިތުރުން އަމިއްލަފުށިން ދެން ފުރުސަތު ދިނީ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓަށް އަންނަ ފަތުރުވެރިންގެ ކުދިންނަށެވެ.

ތަޖުރިބާކާރު ޓްރެއިނަރުންނާ އެކު ކޭހިލްގެ ޓީމު އަމިއްލަފުށީގައި ކުރިއަށްގެންދާ ހަތަރު ދުވަހުގެ ޓްރެއިނިން ކޭމްޕްގައި ދުވާލަކު 1 ގަޑިއިރާއި ބައި ތަމްރީންދެ އެވެ. މި ޓްރެއިނިން ކޭމްޕްގައި ޖުމްލަ އެއްކޮށް 40 ކުދިން ބައިވެރިވި އެވެ. ޓްރެއިނިންގައި ގިނަ ކަންތައްތަކެއް ދަސްކޮށްދޭއިރު، ކޭހިލްގެ އެހީތެރިއަކަށް އެންމެ އިސްކޮށް އެ މަސައްކަތުގައި ހުންނަނީ އިނގިރޭސި ފުޓްބޯޅަ އަށް 25 އަހަރު ހިދުމަތްކޮށްދިން އެކެޑަމީ ކޯޗު ރޮބީ އެންޑަސަން އެވެ.

މީގެ އިތުރުން ކޭހިލްގެ ޓީމު މެދުވެރިވެގެން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގްރާސް ރޫޓްސްގެ ހަތަރު ކޯޗުންވެސް އެ އެކަޑަމީގެ މަސައްކަތްތަކަށް ހާނުވާ ތަމްރީންކޮށްދީފަ އެވެ.

ޕްރިމިއާ ލީގުގެ އެވަޓަން އަށް ކުޅުނު ކޭހިލްގެ އެކެޑަމީ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. ކޭހިލްގެ އެކެޑަމީން ވަނީ ކެނަޑާ، ޗައިނާ، ތައިލެންޑް އަދި އިންޑިއާގައި ވެސް މި ފަދަ ކޭމްޕްތައް ބާއްވައިފަ އެވެ.

ކޭހިލްގެ އެކަޑަމީން ވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހު މިއަތޮޅު ދަރަވަންދޫ ކުދިންނަށްވެސް ޓްރޭން ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.