އުނގޫފާރުގައި ބީއެމްއެލް އިން ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި

ރ. އުނގޫފާރު ބްރާންޗް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކުރުމުގެ ގޮތުން އެ އަތޮޅުގެ ވެރިރަށް، އުނގޫފާރުގައި ހުންނަ އެ ބޭންކުގެ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް، ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރި ޒަމާނީ ބްރާންޗް ހުޅުއްވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން އެވެ. އެ ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން މުއައްސަސާތަކުގެ އިސް ވެރިން ބައިވެރިވި އެވެ.

“އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފްސަރވިސް ބޭންކިންގ ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުނގޫފާރަކީ ވިޔަފާރި އާއި އިޤްތިސާދީ ގޮތުން ބަލާއިރު މިއަތޮޅުގެ މައި ރަށަށްވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ މި ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެ.”  އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ނޫރައްދީން ވިދާޅުވި އެވެ.

ރ. އުނގޫފާރު ބްރާންޗް ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ/ބީއެމްއެލް

އޭދަފުށީގައި ޒަމާނީ ބްރާންޗެއް ހުޅުވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރިލް މަހުގެ ބައްދަލުވުން ވެސް މިއަދު ވަނީ އެ ބްރާންޗުގައި ބާއްވައިފަ އެވެ.

ބީއެމްއެލް ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް އާންމުންގެ އިތުރުން ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ. ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ޚިދުމަތް ދޭ ކުންފުނިން، 20 އަތޮޅުގައި 37 ބްރާންޗާއި، 40 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 100 އޭޓީއެމް އޮޕަރޭޓް ކުރެ އެވެ. އަދި 5،300 ޕީއޯއެސް މާޗަންޓުންނާއި، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚި

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.