އޯޝަން ޓައިޑްސްއިން ލެވިސްޓާ ކަޕް ކާމިޔާބުކުރުމުން ކޮންމެ ކުޅުންތެރިއަކަށް ސައިކަލެއް

ޗެމްޕއަންޓީމުގެ ކުޅުންތެރިންނަށް ލިބުނު ސައިކަލާއެކު ފޮޓޯއަކަށް ހުއްޓިގެން

ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އޭދަފުށީ މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ލެވިސްޓާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޯޝަން ޓައިޑްސް އިން ހޯދައިފި އެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ ޑައުންޓައުންއާ ވާދަކޮށް 5-1 އިން މޮޅުވެގެންނެވެ.

ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެނީ

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު އޯޝަން ޓައިޑްސް ޓީމުގެ ކުޅުންތެރިންނަށް ވަނީ އިނާމެއްގެ ގޮތުގައި ޖީއެން 125 ބްރޭންޑްގެ މޮޓޯސައިކަލެއް ލިބިފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނު އަހްމަދު އަޝްރަފް (ސޮބީ) އަށާއި ފެއާ ޕްލޭ ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް ޝަރީފް (ކާޑޭ) އަށް ވަނީ ހޮންޑާ އާރުއެކްސް 125ސީސީ ގެ ސައިކަލެއްދީފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ކުޅުންެރިޔާގެ މަގާމު ހޯދި އިސްމާއިލް ޝަރީފަށް ސައިކަލް ހަވާލުކުރަނީ

މީގެ އިތުރުން މި މުބާރާތުގެ ރަނާއަޕް ޓީމަށާއި ތިންވަނަ ހޯދި ހިތާދޫ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވަނީ ބައިސްކަލެއްދީފަ އެވެ. މިއީ ގާތްގަޑަކަށް 378،600ރ. ގެ އަގުހުރި އިނާމެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މާގާމު ހޯދި ސޮބީ

އޭދަފުށީ ދާއިރާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި އެގާރަ ޓީމު ވާދަކުރި އެވެ. އެއީ މާޅޮހު ޓިމަކާއި ހިތާދޫން ތިން ޓީމުގެ އިތުރުން އޭދަފުށީން ހަތް ޓީމެވެ.

ލޮޓަސް ފިހާރައިން ރާއްޖެއަށް އިންމޯޓްކުރާ “ލެވިސްޓާ ކޮފީ” އިން ސްޕޮންސާކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން އަގުބޮޑު ފުޓްބޯޅަ މުބާރާތެއްވެސް ބާއްވަންވަނީ އިއުލާންކޮށްފަ އެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.