އޭދަފުށީ މަގުތަކުގައި ލެޑް ލައިޓު ހަރުކުރަން ފަށަނީ

އޭދަފުށީ ބަނދަރުމަތި، ރަށުގެ ބޮޑެތި މަގުތަކުގައި ހުރި އާދައިގެ ހޮޅިބުރިތައް ނަގައި ލެޑް ލައިޓަށް ބަދަލުކަން ވަނީ ނިންމާފައި

އޭދަފުށީ މަގުތަކުގައި ހުރި އާދައިގެ ލައިޓްތައް ނަގައި ލެޑް ބޮކި (ޑޭލައިޓް ހުދު) ހަރުކުރަން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިއީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ސަތޭކަ ލައިޓް ބަދަލުކުރަންވަނީ ނިންމައިފަ އެވެ.

ތޮލާލު ވިދާޅުވީ ވަރަށް އަވަހަށް ލައިޓް ހޯދަން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. އަދި ލައިޓްތައް ކައުންސިލަށް ލިބުމާއެކު ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށެވެ.

“ފުރަތަމަ ފިޔަވަހީގައި ހަރުކުރާނީ ސަތޭކަ ލައިޓް. އެއީ މިހާރު ހުރި ވާކް ލައިޓްގެ ބަދަލުގައި 30 ވޯޓްގެ ހުދު އަލި ހުންނަ ލެޑް ލައިޓް، އަންނަ ހަފްތާ ލައިޓްތައް ސަޕްލައިކޮށްދޭން ބަޔަކާ ހަވާލުކުރެވޭތޯ މިބަލަނީ،”  

ތޮލާލު ވިދާޅުވި ގޮތުގައި ލެޑް ލައިޓްތަކަށް ބަދަލުކުރުމުން މިހާރު މަގުމަތީ ލައިޓްތަކަށް ދާ ކަރަންޓް ހަރަދުގެ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ އެވެ. އަދި މިއީ އެންމެ އެދެވޭ ގޮތަކަށް ހަކަތަ ބޭނުންކުރަން ކައުންސިލުން އަޅާ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.