ރޯދަމަހު މާލޭގައި ބާއްވާ ވެޓްރަންސް ކަޕުގައި އޭދަފުށިން ބައިވެރިވެއްޖެ

ކުރީ އަހަރެއްގެ ވެޓަރަންސް ކަޕްގައި ކުޅެނީ- ފޮޓޯ / މިހާރު

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު މާލޭގައި ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބުން ބައިވެރިވެއްޖެ އެވެ.

މޭ 8 އިން ޖޫން 3ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ހަތް ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ވިކްޓަރީ، ގްރީން ސްޓްރީޓްސް، ޕޮލިސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން، ދިވެހި ސިފައިންގެ ކްލަބް، ކްލަބް އީގަލްސް އަދި އޭދަފުށި ވެޓަރަންސް ފުޓްބޯޅަ ކްލަބެވެ.  

އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހްމަދު ނާސިރު ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ބޭނުމަކީ ސާޅީސް އަހަރުން މަތީގެ އުމުރަށް ދިއުމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން ކަމަށެވެ.

ނާސިރު ބުނި ގޮތުގައި މި މުބާރާތުގައި އޭދަފުށީ ވެޓަރަންސް ޓީމުން ފެނުނު ގިނަ ކުޅުންތެރިން ނުފެނުނު ނަމަވެސް މަޝްހޫރު ގިނަ ކުޅުންތެރިން ކުޅޭނެ އެވެ. އޭގެ ތެރޭގައި އޭދަފުށިގެ ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

އޭދަފުށީ ވެޓަރަންސް ޓީމުގެ މެނޭޖަރު ނާސިރު

“އުއްމީދަކީ ފައިނަލް. އިރާދަކުރެއްވިއްޔާ އޭދަފުށީ ރައްޔިތުން ފުޓްބޯޅަ އިން ހިތްހަމަޖެހޭވަރު ވާނެ ކަމަށް އަޅުގަނޑު ދެކެން،” އޭދަފުށީ ވެޓަރަންސް ޓީމު އުފެއްދުމުގައިވެސް އެންމެ އިސްކޮށް ހުރި ނާސިރު ބުންޏެވެ.

ނާސިރު ބުނީ އެ ޓީމުގެ ހުރިހާވެސް މަގުސަދަކީ މެލޭޝިއާގައި އޮންނަ އިންޓަނޭޝަނަލް ވެޓަރަންސް މުބާތުގައި ވާދަކުރުން ކަމަށެވެ.

“އެކަންވެސް އަދި ފުރިހަމަވާނެ، އެއީ ވަރަށް ބޮޑެތި ކަންތައް ދެއްތޯ؟”

މި މުބާރާތް ކުރިން އެފްއޭއެމުން ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް އިންތިޒާމްކުރީ އެކި އަމިއްލަ ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ މުބާރާތް ވެސް އިންތިޒާމްކުރި މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.