އުރީދޫ ކަލަ ރަން، އަންނަ ޖޫން މަހު އައްޑޫގައި

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެއްބާރުލުމާއި އެކު، އުރީދޫ މޯލްޑިވްސްގެ މަޤްބޫލު ދުވުން ކަމަށްވާ ކަލަރ ރަން ކުރިއަށްއޮތް ޖޫން މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނި ގޮތުގައި އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އަހަރުން އަހަރަށް މަޤްބޫލުކަން އިތުރުވެ، ކަލަރ ރަންގައި ވަނީ ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައިވާ ކަމަށްވެސް އުރީދޫން ބުންޏެވެ.

މި ޚާއްޞަ އިވެންޓު އިއުލާން ކޮށްފައިވަނީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފް އަދި އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ އާއި ސީއީއޯގެ މަޤާމު އަދާކުރަށްވާ ނަޖީބް ޙާންގެ ބައިވެރިވުމާއި އެކު، މިއަދު ހެނދުނު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގައި ބޭއްވިފައިވާ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހްލޫފް ވިދާޅުވީ މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި، ސިއްޙަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް ކަމަށެވެ. އަދި އައްޑޫގައި އުރީދޫ ކަލަރ ރަން ބޭއްވޭ ކަމަކީ ލިބުނު އުފަލެއް ކަމަށާއި އުއްމީދަކީ އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ އުރީދޫ ކަލަރ ރަންގެ އެންމެ ޙާއްސަ އެއްކަމީ، ބޭނުން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވުން ކަމަށެވެ.

“ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށްއޮތް އުރީދޫ ކަލަރ ރަން އައްޑޫގައި ބޭއްވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އެއީ، މުޅިން އައު ބައިވެރިއަކަށްވިއަސް ނުވަތަ ތަޖުރިބާކާރު ދުވުންތެރިއަކަށް ވިއަސް، ނޫނީ އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ތަޖުރިބާއެއް ކޮށްލަން ބޭނުންވި ކަމުގައިވިއަސް. ނަލަ ނަލަ އައްޑޫގައި ވަރަށް ޙާއްސަ އިވެންޓަކަށް މިފަހަރުގެ އުރީދޫ ކަލާ ރަން ވެގެންދާނެކަމަށް އުއްމީދު ކުރަން.” ނަޖީބް ޙާން ވިދާޅުވިއެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.

 އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއި އެކު، ވަރަށް އަވަހަށް ރެޖިސްޓަރކުރެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.