ރޯދަ މަހަށް ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް

ރޯދައަށް ހާއްސަ ޕްރޮމޯޝަންތަކެއް ދިރާގުން ފަށައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެޑްވަޓައިޒިން އެންޑް އިވެންޓްގެ އެސިސްޓެންޓް މެނޭޖަރު ހަސަން ސާރިހް އާދަމް ވިދާޅުވީ، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް ފަށާފައިވާ ކަމަށެވެ.

ޑޭޓާ ޕެކްތަކެއް

ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ވަނީ ތަައާރަފް ކޮށްފަ އެވެ. މި ޕެކޭޖްތަކުގެ ތެރޭގައި 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި 300 ރުފިޔާ އަށް ފަސް ޖީބީ ލިބޭ ޕެކެވެ. އަދި، ސޯޝަލް މީޑިއާ އެޕްތައް (ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް) ބޭނުންކުރުމަށް އެއް ޖީބީ ވަކިން ވަނީ ހިމަނާފަ އެވެ.ދިރާގުން ބުނި ގޮތުގައި، މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅުމުން ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ އެވެ. 
ދިރާގުގެ ކަސްޓަމަރުން އެ ޑޭޓާ ނެގުމަށް ކުރާ ހަރަދުގެ %10 މޯލްޑިވްސް އެސޯސިއޭޝަން ފޮ ފިޒިކަލް ޑިސެބިލިޓީސް އެންޖީއޯ އަށް ހަދިޔާ ކުރާނެ އެވެ.

ދިރާގު ޕޭ ގެ ޕްރޮމޯޝަންތައް

ލޮކަލް މާރުކޭޓުގައިވެސް ދިރާގުގެ ޕްރޮމޯޝަން އެއް ކުރިއަށްދާނެ އެވެ. ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރިކުރާ 25 ކަސްޓަމަރަށް ހިލޭ އެއް ކިލޯގެ ކަރައެއް ލިބޭނެ އެވެ.

އިފްތާރް ޑިސްކައުންޓް
ދިރާގު ޕޭ މެދުވެރިކޮށް ދިރާގުން ކަނޑައަޅާފައިވާ ރެސްޓޯރެންޓްތަކުން ރޯދަ ވީލުމަށް ދިރާގު ޕޭ މެދުވެރިކޮށް ޑިސްކައުންޓް ލިބޭނެ އެވެ. އެ ރެސްޓޯރަންޓް ތަކަކީ؛ 
1. އެޗްއައިއެޗް – %20 ޑިސްކައުންޓް
2. އޮކްސިޖަން ބްލޫ – %15 ޑިސްކައުންޓް
3. އޮކްސިޖަން ކެފޭ – %15 ޑިސްކައުންޓް
4. އޮލިވް ގާޑަން – %15 ޑިސްކައުންޓް

ފިތުރު ޒަކާތް ދެއްކުން
މިދިޔަ އަހަރެކޭވެސް އެއް ގޮތަށް މިއަހަރުވެސް ދިރާގުން ވަނީ ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސާފަ އެވެ. ފިތުރު ޒަކާތް ދެއްކުމަށް ދިރާގު ވެބްސައިޓްގެ ޕޭ ޕޯޓަލް އަށް ވަދެ، ޒަކާތް ދައްކަން ބޭނުންވާ ތަފްސީލު ފުރިހަމަކުރުމަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރާއި ޕާސްވޯޑް ޖެހުމުން ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެ އެވެ. 

ފައިބަރަ ބްރޯޑްބޭންޑް ބޫސްޓާސް
ދިރާގުގެ ހުރިހާ ފައިބާ ބްރޯޑްބޭންޑް ބޫސްޓާތަކުން %25 ޑިސްކައުންޓް ރޯދަ މަހު ލިބޭނެ އެވެ.

ރޯދަމޮމެންޓްސް – އިންސްޓަގްރާމް ކޮންޓެސްޓް
މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments ހޭޝްޓެގް ޖެހުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށް ގެން ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ފަރާތަކަށް ސެމްސަންގް އޭ80 ލިބޭނެ އެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށް ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ ސައުދީއަށް ގުޅޭނެ ހާއްސަ ރޭޓެއް ހަމަޖައްސާފަ އެވެ. އެގޮތުން ރާއްޖެއިން ސައުދީ އަށް 1.89 ލާރިއަށް ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. ސައުދީއަށް ގުޅުމަށް 00 ގެ ބަދަލުގައި 019 ޖެހުމަށް ފަހު ގުޅުމުން އެ އަގުގައި ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. މި އޮފާ ކުރިއަށް ދާނީ 6 މޭ 2019 އިންފެށިގެން 9 ޖޫން 2019 ގެ ނިޔަލަށެވެ.

ދިރާގުން ވަނީ ޕްރިޕެއިޑް މެދުވެރިކޮށް އެސްއެމްއެސް ކޮށްގެންވެސް ޒަކާތް ދެއްކޭނެ ގޮތް ހަދާފަ އެވެ. އަދި ނަމާދު ވަގުތު ހަނދާންކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދާނެ އެވެ. މި ހިދުމަތްތައް އެކްޓިވޭޓް ކުރުމަށް ގުޅަން ޖެހޭނީ #8*123* އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.