އޭދަފުށި- ވިކްޓަރީ މެޗުން ވެޓެރަންސް މުބާރާތް މިއަދު ހަވީރު ފަށަނީ

ކުރީ އަހަރެއްގެ ވެޓަރަންސް ކަޕްގައި ކުޅެނީ- ފޮޓޯ / މިހާރު

ކުރީގެ ފުޓްބޯޅަ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު މާލޭގައި ބާއްވަމުން އަންނަ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.

ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ވިކްޓަރީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް، ޕޮލިސް ކްލަބް، މާޒިޔާ، ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އީގަލްސް އެވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތޔގެ ފުރަތަމަ ބުރުގައި ހަތް ޓީމުގެ މެދުގައި އޮންނާނީ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނައާ ދެމެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މި ފަހަރުގެ މުބާރާތުގައި ކުޅޭ އޭދަފުށީ ޓީމުގައި ވެލެންސިއާ އަށް ކުރިން ކުޅުނު ކުޅުންތެރިންނާއި އޭދަފުއްޓަށް އުފަން ކުރީގެ މަ×ޝްހޫރު ކުޅުންތެރިން ހިމެނޭނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު 4:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.