ފެނުގެ ޚިދުމަތަށް މިމަހުން ފެށިގެން ބިލް ކުރަނީ

ބ. އޭދަފުށީގައި ގާއިމުކޮށްފައިވާ ބޯފެނުގެ ޚިދުމަތަށް މި މަހުން ފެށިގެން ބިލް ކުރާގޮތަށް ނިންމައި ފެނަކަ ކޯޕަރޭޝަން އޭދަފުށީ އިންޖީނުގެއިން އެކަން އިއުލާންކޮށްފި އެވެ.

ފެނުގެ ހިދުމަތް ގާއިމުކުރިފަހުން ދެމަހެއްހާ ދުވަސް ވަންދެން މިހާތަނަށް ފެނަކައިން އެ ޚިދުމަތް ދެމުން އައީ ހިލެ އެވެ. އެކަމަކު އެ ތަނުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިމަހުގެ އެކަކުން ފެށިގެން ފެނުގެ ހިދުމަތަށް އަގު ނަގާނެ އެވެ. އަދި ފެން މީޓަރު ހަރުކޮށްފައިވާ ތަންތަނުގެ ތެރެއިން އިންޖީނުގޭގައި ރަޖިސްޓްރީ ނުކޮށްހުރި ތަންތަނަށް ފެނުގެ ހިދުމަތް ލިބޭނީ ރަޖިސްޓްރީކޮށްގެންކަމަށް ވާތީ، ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފަ އެވެ.

ފެނުގެ ހިދުމަތުގެ އަގުތައް (މީހުން ދިރިއުޅޭ ތަންތަން)

  • ދުވާލަކަށް 100-0 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 22ރ.
  • ދުވާލަކަށް 101-200 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 70ރ.
  • ފެން މީޓަރުތަކުން ބޭނުންކުރާ 201 ފެން ލީޓަކަށްވުރެ މަތިން ޓަނަކަށް 95ރ.
  • ފެން ވިއްކާ ފެން އިސްކުރުން ފެން ވިއްކާ އަގު ލިޓަރަކަށް 10ލ.

ފެނުގެ ހިދުމަތުގެ އަގުތައް (ވިޔަފާރު/ސަރުކާރު ތަންތަކުން)

  • ދުވާލަކަށް 100-0 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް)  100ރ.
  • ދުވާލަކަށް 101-200 ފެން ލީޓަރުގެ މަގުން ޓަނަކަށް (30 ދުވަހަށް) 125ރ.
  • ފެން މީޓަރުތަކުން ބޭނުންކުރާ 201 ފެން ލީޓަކަށްވުރެ މަތިން ޓަނަކަށް 135ރ.
  • ފެން ވިއްކާ ވޯޓަ އިސްކުރުން ފެން ވިއްކާ އަގު ލީޓަރަކަށް 10ލ

އޭދަފުށީ އިންޖީނުގެއިން ބުނިގޮތުގައި ފެނުގެ ޚިދުމަތަށް ކަނެކްޝަން ފީގެ ގޮތުގައި ކޮންމެ މަހަކު 30ރ ނަގާނެ އެވެ.

މިދިޔަ ސަރުކާރުން ކުރިއަށްގެދިޔަ 74.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މިރަށުގައި ވަނީ 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާފަ އެވެ.

އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މިރަށުން ފެނުގެ ޚިދުމަތަށް ރަޖިސްޓްރީވި 500 އަށްވުރެ ގިނަ ގޭބީސީތަކަށްވަނީ ހިލޭ ކަނެކްޝަން ގުޅައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.