އެކްސިޑެންޓްތަކުގައި އަނިޔާވި ދެމީހަކު އިތުރު ފަރުވާއަށް މާލެ ފުރުވާލައިފި

ބ. އޭދަފުށީގައި އިއްޔެ ހަވީރު ހިނގި ދެ އެކްސިޑެންޓްގައި އަނިޔާވެ، ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި އަންހެން މީހާ އާއި ކުޑަކުއްޖާ އިތުރު ފަރުވާއަށް ރޭ ދަންވަރު މާލެ ފުރުވާލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، މި އެކްސިޑެންޓްގައި އަންހެން މީހާގެ ވާތު ފައި ހަރަކާތް ކުރުމުގައި ވަރަށްބޮޑަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުޑަކުއްޖާގެ ބޮލުން އެއްފަޅީ ދުޅަވެފައިވާތީ އެ ދެމީހުން އެމަޖެންސީގައި މާލެ ފޮނުވާލީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

މާލެފޮނުވި އަންހެންމީހާއަކީ ފުރަތަމަ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާއެވެ. އޭނާއަށް އަނިޔާވީ ހެލެގެލިގޭ ކުރިމަތިން ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އެގޭ ތެރެއިން ނުކުން ކުޑަކުއްޖާގައިގައި ސައިކަލުން ޖެހުމުން ސައިކަލް ކޮންޓްލުން ނެއްޓި އޭނާ ސައިކަލާއެކު ވެއްޓިގެންނެވެ.

މާޅެ ފޮނުވާލި ކުޑަކުއްޖާއަކީ ދެވަނަ އެކްސިޑެންޓްގައި މިރަށޫ ލިލީޕާކްގޭ ކަންމަތިން ދުވެފައި ދަނިކޮށް ސައިކަލްގައި ޖެހުނު ކުޑައަންހެން ކުއްޖާއެވެ. އެކްސިޑެންޓްގައި އެޑްމިޓްކުރި އިތުރު ކުޑަކުއްޖާގެ ހާލު ނޯމަލްކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.