އުރީދޫ މަސް ރޭސް 16 ޓީމާއެކު ފަށައިފި

ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް އުރީދޫއިން ބާއްވަމުން ގެންދާ އުރީދޫ މަސްރޭސް 16 ޓީމަކާއެކު ރޭ ފަށައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ 10 ވަނަ އަހަރެވެ. މިއަހަރުގެ މަސްރޭހުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސައިފައިވަނީ ފިޝަރީޒް މިނިސްޓްރީއާއި، ވީމީޑީއާގެ އިތުރުން ޕޮލިސް ސާވިސްގެ އިތުރުން މާލޭ ސިޓީ ކައުންސިލްއެވެ.

އުރީދޫއިން ބުނީ މިފަހަރުގެ މަސްރޭހަަށް 23 ޓީމު ކުރިމަތިލި ކަމަށާއި ނަމަވެސް ރޭހަށް ޖާގަދިނީ އެންމެ 16 ޓީމް ކަމަށެވެ.

މަސްވެރިންގެ ޕާކް ސަރަހައްދުގައި ރޭ ފެށި މަސްރޭހުގައި ހަތަރު ޓީމް ވާދަކުރިއެވެ. އޭގެ ތެރޭގައި ދިވެހި ސިފައިންގެ ކްލަބާއި، ހަބޭސް ބޮޑުބެރާއި، ކްލަބް 220 އާއި ވެއްލަސަރު ހިމެނެއެވެ. ރޭގެ ރޭހުން ކްލަބް ވެއްލަސަރު ވަނީ ފައިނަލްއަށް ދަތުރު ކޮށްފައެވެ.

އުރީދޫގެ މަސްރޭހުގައި ހަތަރު އަންހެން ޓީމްވެސް މި އަހަރު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޑީއެސްސީ ވިމެންއާއި، ޔުނައިޓެޑް ބީއެމްއެލްއާއި އެމްޓީސީސީ ކަނބަލުންގެ އިތުރުން ސްޓެލްކޯ ވިމެން ހިމެނެއެވެ.

އުރީދޫ މަސްރޭސް ކޮންމެ ހޮނިހިރުދުވަހެއްގެ ރޭގަނޑު 09:45 ގައި ވީޓީވީއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.