ކެންދޫގައި ހަލުވިކަމާ އެކު ޑެންގީ ފެތުރެނީ

ބ. ކެންދޫ، ހަލުވިކަމާއެކު އެރަށުގައި ހަލުވިކަމާއެކު ޑެންގި ހުން ދަނީ ފެތުރެމުން

ބ. ކެންދޫގައި ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެން ފުތެރޭތީ އެކަމުން ރައްކާތެރިވެ ތިބުމަށް ސަމާލުކަން ދިނުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

ޑެންގީން ރައްކާތެރިވުމަށް މިހާރު ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެރަށުތެރެ ފޮގްކުރަން ނިންމައިފަ އެވެ މި ގޮތުން ފޮގް ކުރުން ކުރިއަށް ގެންދާއިރު ކުޑަކުދިން ފޮގް މެޝިންގެ ފަހަތުން ދިޔަ ނުދީ، ކުދިން ހިފަހައްޓައި ދިނުމަށް އެރަށު ކައުންސިލުން ވަނީ އެދިފަ އެވެ.

އަދި މިދުވަސްވަރު އާއްމު ރައްޔިތުންނާއި ކުޑަކުދިން ގޭގެއިން ނުކުމެ އުޅުމުގައި އަބަދުވެސް މަދިރި ނުހަފާ ގޮތަށް ގަޔަށް ދޫ ހެދުން ލުމާއި، މަދިރި ލޯޝަން އުނގުޅައިގެން ނުކުމެ އުޅުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ގޯތި ތެރޭގައި މަދިރި އުފެދޭ ތަންތަނާއި ތަކެތި ނުބެހެއްޓުމަށާއި ވީހާވެސް ސާފުތާހިރުކޮށް ގޯތިތެރެ ބޭއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެރަށު ކައުންސިލުން ވަނީ އެދިފަ އެވެ.

ކެންދޫ ސިއްހީ މަރުކަޒުން ބުނީ މިހާތަނަށް ޑެންގޫ 13 ކޭސް އެއް ފެނިފައިވާކަމަށާ، ނަމަވެސް ސީރިއަށް ކޭސް އެއް އަދި ދިމާނުވާކަމަށެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ސާބަސް

    ސައްޙަ މައޫލޫމާތު ކަމަކަށް ނުފެނޭ އަޅުގަނޑަށް އެނގޭ ގޮތުގައިވެސް މިހާރު 30 ވަރު ކޭސް ފެނިއްޖެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.