ދިރާގު ސްޕެޝަލް ރޯދަ ބަންޑްލްސް އާއެކު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދީލަތި އެހީއެއް

ރޯދަމަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަ މަހެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އެތައް ގިނަގުނަ ސަވާބު ލިބޭ ކަމެއް ވެސް މެ އެވެ. މިފަދަ މާތް މައްސަރެއްގައި އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ހޭދަކުރުމުގެ ރީތި އާދަ ހިފަހައްޓަން ޖެހެ އެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ކުރީ ޒަމާނުއްސުރެ ފެށިގެން އޮންނަ ރީތި އާދަކާދައެކެވެ

މިއަހަރު ވެސް ދިރާގުން މިވަނީ ސްޕެޝަލް ރޯދަ ބަންޑަލްސްގެ ޕެކޭޖް ވިއްކައިގެން ލިބޭ ފައިސާއިން ބައެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ނިންމައިފަ އެވެ. މީ ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާ އިން ދިހަ ޕަސަންޓް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް ހަދިޔާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއޭޕީޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިރާގުން މިފަހަރުގެ ރޯދަމަހާ ދިމާކޮށް ތައާރަފްކުރި ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ، 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ. ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަށް ވާތީ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން 1 ޖީބީ ދިރާގުން ވަނީ ހިމަނައިފަ އެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރުމަށް #8*123* އަށް ގުޅާލަން ޖެހެ އެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

“ނުކުޅެދުނުންތެރިކަމަކީ، އެ ކުދިންގެ ކިބައިގައިވާ ގާބިލިއްޔަތު ދެނެނުގަނެވުމެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މި ކުދިންނަށް ތައުލީމާއި، ހުނަރު ދަސްކޮށްދީ، ވަޒީފާ އަދާކުރުމުގެ ގާބިލިއްޔަތު ހުރި ބަޔަކަށް ހެދި ދާނެ. މި ކުދިންގެ ހުރި ތަފާތާއެކު ބަލައިގަނެ، މުޖުތަމައުގައި ޝާމިލް ކުރެވިދާނެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހަމަހަމަކަމާއެކު ހުރިހާ ކުދިންނަށް ފުރުސަތު ދެމާ” އެމްއޭޕީޑީގެ ޗެއަރމަން އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އަމާޒުކުރެއެވެ.

އެގޮތުން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.

މި ފަދަ ފެސްޓިވަލެއް ދިރާގުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށްވެސް ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަކުދިންނަށް އަމިއްލަ ނަޕްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މި ފެސްޓިވަލްގެ މަގުސަދެއްކަމަށް ދިރާގުން ބުންޔެވެ.

މީގެ އިރުތުން އެމްއޭޕީޑީ އިން ކޮންމެ އަހަރަކު ފާހަގަ ކުރާ ސެރެބްރަލް ޕަލްސީ (ސީޕީ) ދުވަހަކީ ވެސް ދިރާގުގެ އެހީއާ އެކު ބާއްވާ ހަރަކާތެކެވެ.

މި ދިޔަ އަހަރު ރޯދަމަހު ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ޕަސެންޓް ވަނީ ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކޮށްފައިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.