އޭދަފުއްޓަށް ބަހަން ލިބުނީ 181 ކަދުރު ޕެކެޓު

ކަދުރުތަކެއް. އޭދަފުއްޓަށް މިފަހަރު ބަހަން ލިބުނީ 181 ޕެކެޓް ކަދުރު

ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން މި އަހަރު ބަހަން ދިން ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ލިބުނީ 181 ކަދުރު ޕެކެޓު ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.


ކައުންސިލުން ބުނީ، މިރަށުގައި އެ ކަދުރުތައް މާދަމާއިން ފެށިގެން ބަހަން ފަށާނެ ކަމަށެވެ. ކޮންމެ ގެ އަކަށް އެއް ޕެކެޓުގެ މަގުން ކަދުރު ބަހަން ނިންމާފައިވާ އިރު އޭދަފުށީގެ ގޭބިސީތަކުގެ އަދަދަކީ 603 އެވެ.

ކައުންސިލުން ބުނިގޮތުގައި، ކަދުރު ބެހުމުގައި އިސްކަންދޭނީ ފަގީރުންގެ ދަފުތަރުގައި މިދިޔަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކަށް ބެހުމަށް ފަހު، ބާކީ ކަދުރުތައް ހޯދަން އެންމެ ފުރަތަމަ ދާ މީހުންނަށް ދޭ އުސޫލަށެވެ.

ފަގީރުންގެ ގޮތުގައި، އޭދަފުށީގައި މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވަނީ އަށް ގޭ ބިސީއަކުން ދިހަ މީހުންނެވެ.

ކަދުރު ދޫކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:15 އިން މެންދުރު 12:00 އަށެވެ. އަދި ކަދުރު ބަހާނީ ލިބިފައިވާ ކަދުރު ހުސް ވަންދެން ކަމަށް ވެސް މިރަށު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.