ބ. އަތޮޅުގެ ފަޅުރަށަކަށް ރިސޯޓަކުން އަޅާ ކުނިތަކެއް، މައްސަލަ ބަލަނީ

ކެޔޮދޫއަށް އަޅާފައިވާ ކުނި — ފޮޓޯ: ނިޒާމް

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ފަޅުރަށެއްކަމަށްވާ ކެޔޮދޫ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކުނި އަޅާފައިވާ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

ކުނި އަޅާ މައްސަލަ ފެންމަތިވީ ތިމާވެށީގެ ދުވަހު ސޯޝަލް މީޑިއާގައި މޯލްޑިވްސް ކްލީން އެންވަޔަރަމަންޓްގެ ޕްރޮޖެކްޓެ މެޖޭނަރު އަހްމަދު ނިޒާމް އާއްމުކުރި ފޮޓޯތަކަކުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެރަށުގެ ގޮނޑު ދޮށަށް ގިނަ އަދަދެއްގެ ކުނި ފުންޏެއް ވަނީ ޖަމާކޮށްފަ އެވެ.

This is Baa Atoll Keyodhoo (an uninhabited island next to Kendhoo). According to sources, this island is leased to the…

Posted by Ahmed Nizam on Tuesday, 4 June 2019

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ކެޔޮދޫއަށް ކުނި އަޅަމުން އަންނަނީ އެރަށާ ކައިރީގައި އޮންނަ ދިގުފަރު ރިސޯޓުންނެވެ.

އެންވަޔަރަމްންޓަ ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުނި ނައްތާލުމަށް އުސޫލުތައް ކަނޑައެޅިފައި އޮންނައިރު، އުސޫލަށް ބެލުމެއް ނެތި، މިފަދަ ގޮތަކަށް ކުނި އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އީޕީއޭ އާއި ފުލުހުން ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.