ފަޅުރަށުގައި ހުރީ މޫސުން ގޯސްވެގެން އުކާނުލެވި ހުރި ކުނިތަކެއް: ދިގުފަރު ރިސޯޓު

ކެޔޮދޫ ގޮނޑޫދޮށަށް ކުނި އަޅާފައި– ފޮޓޯ: އަހުމަދު ނިޒާމް/ ފޭސްބުކް

ބ. ކެންދޫ ކައިރީގައި އޮންނަ ފަޅުރަށަކަށް ދިގުފަރު އައިލެންޑް ރިސޯޓުން ކުނިއަޅާ މައްސަލަ ފެންމަތިވެފައިވާ އިރު، އެއީ މޫސުން ގޯސްވުމުގެ ސަބަބުން އުކާނުލެވި ހުރި ކުނިތަކެއް ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ ބޮޑެތި ކަޅު ކޮތަޅަށް ކުނި އަޅައި ފުރާފައި ކޮޔޮދޫ އަތިރި މަތީގައި ބަހައްޓާފައި ހުރި މަންޒަރެވެ. ފުންޏަކަށް ބޮޑެތި ކޮތަޅުތައް އެތަނުގައި ބަހައްޓާފައި ހުރި ނަމަވެސް ބައެއް ކޮތަޅުތައް ފަޅައިގެން ގޮސް ބޭރަށް ވެސް އެކި ވައްތަރުގެ ކުނިތައް އެޅިފައި އޮތެވެ. 

އެ މައްސަލާގައި ގިނަ ބަޔަކު ރިސޯޓަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް ދިގުފަރު ރިސޯޓުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަނީ ވެމްކޯއިން އުކާލަން ބަހައްޓާފައި ހުރި ކުނި ކަމަށާއި އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ކުނި އުކާނުލެވި ލަސްވީ ކަމަށެވެ. އަދި ކުނި އަޅާ ތަނެއްގެ ގޮތުގައި އެ ރަށެއް ބޭނުމެއް ނުކުރާ ކަމަށާއި އެ ރަށް ވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިސޯޓުން ބުންޏެވެ.

ދިގުފަރު ރިސޯޓުން ބުނީ ކެޔޮދޫ އަކީ އެ ރިސޯޓުގެ ދަށުގައި އޮންނަ ފަޅުރަށެއް ކަމަށާއި އަދި އެ ރަށަށް ގެންދާ ކުނި ކޮންމެ ދެ ހަފުތާއަކުން، ވެމްކޯ މެދުވެރިކޮށް އުކާލާ ކަމަށެވެ.

އަދި ކުނި އަޅާ ތަނެއްގެ ގޮތުގައި އެ ރަށެއް ބޭނުމެއް ނުކުރާ ކަމަށާއި އެ ރަށް ވެސް ސާފުކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިސޯޓުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވެ އެވެ.

އެ ރިސޯޓުން މިހާރުވަނީ ކުނިތައް ނަގައި އެރަށް ސާފުކޮށްފަ އެވެ.

ރިސޯޓުތަކުން އުކާލާ ކުނި ކަނޑަށް އެޅުމުގެ ސަބަބުން ރަށްރަށް އެކުނިތައް ލައްގާ އެރަށްތަކުގެ ގޮނޑުދޮށް ހަޑިވާ މައްސަލައަކީ އަބަދުމެހެން އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.