މާދަމާއިން ފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށަނީ

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލަކުން ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ދެވަނަ ޓާމް ފެށޭއިރު ނާސްތާ ޕްރޮގްރާމް ފަށާގޮތަށެވެ. ނަމަވެސް އިއްޔެ ދެވަނަ ޓާމް ފެށުނުއިރު ހަ ރޯދައާ ދިމާވުން މިނިސްޓްރީން ނިންމީ މާދަމާ އިން ފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފަށާށެވެ.

އަޖުމަ ބެލުމުގެ ގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. މާދަމާ ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފެށުމުން 212 ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ލިބޭނެއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމު މާދަމާ އެ ސްކޫލުގައި ފެށުމަށް ސަލްސާ ރިޓްރީޓް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ނާސްތާ ދޭ އިރު އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. ޖުމްލަ ދިހަ މެނުއޭއް ވަނީ ތައްޔާރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވަނީ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށިފަހުން ދަރިވަރުން ގަޑިއަށް ހާޒިރުވެ، މީގެ ކުރިން ނާސްތާ ނުނަގާ ކުދިންވެސް ނާސްތާއަށް އަހުލުވެރިވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.