އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން އެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އޭދަފުއްޓާއެކު މަގު ހެދުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އިތުރު ހަ ރަށެއްގެ ޑިޒައިނަށްވެސް ބަދަލު ގެނެސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެ ހަތް ރަށުގެ މަގުތައް ހެދުމުގެ ޑިޒައިނަށް ބަދަލު ގެނެސް ހަދަން ނިންމި ކަމަށް އެމްޓީސީސީ މިއަދު ހާމަކޮށްފައިވާ އިރު އެ ނިންމުން ގެނައީ ތަޖުރިބާ އަށް ބެލުމަށްފަހު މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އަށް މަގު ހެދުމަށް ހަވާލުކޮށްފައިވާ ހަތް ރަށުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލާއިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމުގައި އެމްޓީސީސީއިން ހާމަކުރެ އެވެ.

މި މަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް ޕްލޭނިންގް މިނިސްޓްރީ އާ މަޝްވަރާކުރެވިގެން މިހާރު ދަނީ ގެނެވެމުން ކަމުގައިވެސް އެކުންފުނިން ހާމަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.