ގަވާއިދާ ހިލާފަށް އިންދާފައިވާ ރުއްގަސްތައް ނަގަން އަންގައިފި

ބ. އޭދަފުށި

ބ. އޭދަފުށީ ކައުންސިލަށް ނޭނގި އަދި ކައުންސިލުން ހުއްދަ ދިނުމަކާނުލައި ރަށުގެ ވަށައިގެން ހުސް ބިންތަކުގައި އިންދާފައި ހުރި ރުއްގަސްތައް ނަގަން ކައުންސިލުން އަންގައިފި އެވެ.

އޭދަފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިހާރަކަށް އައިސް ރަށުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ކައުންސިލުގެ ހުއްދައަކާ ނުލައި ރުއްރުކާއި ބައެއް ބާވަތްބާވަތުގެ މޭވާ އަޅާ ގަހާއި އެހެނިހެން ބާވަތްތަކުގެ ގަސްތައް އިންދަމުން ގެންދިއުން އާއްމުވެފައިވާ ކަމަށެވެ.

މިކަން ކުރަނީ ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ދީގެން އަދި ހުއްދަ ހޯދައިގެން ނޫން ކަމަށްވެސް ކައުންސިން ބުންޏެވެ

އެހެންވެ، މިއަދުން ފެށިގެން ދިހަ ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށްވެސް ކައުންސިލުގެ ނައިބް ރައީސް ހައްވާ ސަމީހާ ސޮއިކޮށް ނެރެފައިވާ އިއުލާނުގައިވެ އެވެ.

މިރަށުގެ ވަށައިގެންވާ ގެތަކުގައި ދިރިއުޅޭ މީހުން، އެމީހަކު ދިރިއުޅޭ ގެއާ ދިމާލުގައި އޮންނަ ހިސްބިންތަކުގައި މިގޮތަށް މަދު ބަޔަކު ރުއްގަސް އިންދުމުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލޭ ހިސާބަށް މިކަން މިހާރު ގޮސްފައިވާ ކަމަށްވެސް މި އިއުލާނުގައި ވެއެވެ.

މީގެ އިތުރުން މިކަމަކީ، ވަކި ބަޔަކަށް ލާބައާއި މަންފާ ލިބޭގޮތަށް ބައެއް ފަރާތްތަކުން ކުރަމުންގެންދާ ކަމެއް ކަމަށްވެސް އިއުލާނުގައިވެ އެވެ.

“މިކަމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ޝަކުވާ އާއްމު ރައްޔިތުންގެ ފަރާތުން ކޮންމެ ދުވަހަކުވެސް ލިބެމުންދޭ، ” ރަށު ކައުންސިލުގެ އިއުލާނުގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. Avatar
    waheed

    Ruhthah council ehchakah hadanvee,rangalhu thanehga indaafa hurihyaa.Amihlameehehge ruh,gas goathin beyru indumuge huhda noanathaa ethah zamanehvehjeva

    ރައްދު
  2. Avatar
    Rashu kujjaa

    Aneh kanthah…..kuraane kameh nethiyyaa soi kohfa ais geyga thibebala dhoo….mihaaru ves hoonu gadha kamun kehnuvey…gaheh indhaa irah eba naguva ey…..

    ރައްދު
  3. Avatar
    shiu

    councilarun nah undhagoo v ma thi ulhenee , 5 aharu vaairu thi noon kameh neyngunu kuran, furathama thi councilarun islaahuvebala, musaara kaigen thiben noon kameh neyngey viyya

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.