އޭދަފުއްޓަށް ވަރަށް ބޮޑަށް އުދަ އަރައިފި

އޭދަފުށީ އުތުތު ފަރާތަށް މިއަދު އުދައަރަނީ– ފޮޓޯ/އިބްރާހިމް ޝަހީދު

ބ. އޭދަފުށީ އުތުރު ފަރާތަށް ވަރަށް ބޮޑަށް މިއަދު އުދަ އަރަމުން އެބަ ގެންދެއެވެ.

އެންމެ ބޮޑަށް އުދަ އަރާފައި ވަނީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދަށެވެ. އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ.

އޭދަފުށީ އުތުރުފަރާތު ސްޓޭޖް ސަރަހައްދަށް އުދައަރާފައި– ފޮޓޯ/އިބްރާހިމް ޝަހީދު

“އުދަ އެރުމުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބޭ. ސްޓޭޖް ސަރަހައްދާ ހަމައަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރި،” ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

Eydhafuhttah Udha erun

Posted by Ibrahim Aana Shaheed on Saturday, 15 June 2019

އޭދަފުށީ ކައުންސިލުން މިއަދު މެންދުރު އުދަ އެރުމުގެ ސަބަބުން މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. ނަމަވެސް ސްޓޭޖް ސަރަހައްދާ ހަމައަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށް ކައުންސިލުން ބުންޏެވެ.

މިއީ މި ފަހުން، އޭދަފުއްޓަށް އަށް މިހާ ބޮޑަށް އުދަ އެރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓު އޮފީހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.