ކައުންސިލު ގުރުއާން މުބާރާތުން އެއް ވަނަ ހިސާން އާއި އަމްނާއު އަށް

އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދި އަމްނާއު އަށް ޓްރޮފީ ހަވާލުކޮށްދެނީ

ބ. އޭދަފުށި ކައުންސިލުގެ މިއަހަރުގެ ޤުރުއާން މުބާރާތުން އެއްވަނަ ބ. ފުޅާދޫ ހިޔާވަހި މުހައްމަދު ހިސާން އިބްރާހީމް އާއި ރ. އިނގުރައިދޫ އާހް، އަމްނާއު އަހްމަދު ހޯދައިފި އެވެ.

މި މުބާރާތުން ހިސާން އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިން 25 ކުދިންނާ ވާދަކޮށްގެންނެވެ. އަމްނާއު އެއް ވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ. އެ ގޮފީގައި 81 ކުދިން ވާދަކުރި އެވެ.

އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދި ހިސާން ޓްރޮފީއާއެކު

މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން ދެ ވަނަ ލިބުނީ މިރަށު އަލިވާގޭ އާއިޝަތު ޝައިބާ އަށެވެ. އެ ގޮފިން ތިންވަނަ ލިބުނީ، ސަބްދެލިގޭ ފާޠިމަތު ޔުމްނާ އާތިފަށެވެ. ބަލައިގެން ކިޔެވުމުގެ ބައިން އޭދަފުށީ ޖަވާހިރުމާގޭ އަޙްމަދު ނަހްޔާން ނަޝީދު ދެވަނަ ހޯދިއިރު، އެ ބައިން ތިންވަނަ ލިބުނީ އަލިތަރި ޢިޔާން ޢަލީ ވަޙީދަށެވެ.  

މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ބ. ތައުލީމީ މަރުކަޒުގެ އިތުރުން މިރަށުގައި ހިންގާ ގުރުއާން ކްލާސްތަކުން 106 ދަރިވަރުން ވާދަކުރި އެވެ.

އޭދަފުށީ ކައުންސިލް ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ތިންވަނަ ހޯދި ޔުމްނާ އާތިފަށް ހަނދާނީލިޔުމާއި ތްރޮފީ ހަވާލުކޮށްދެނީ

މި މުބާރާތަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބޭއްވި މުބާރާތެކެވެ. އެގޮތުން ބ. އަތޮޅު ގުރުއާން މުބާރާތުގައި އޭދަފުށި ތަމްސީލް 10 ދަރިވަރުން ވަނީ ހޮވައިފަ އެވެ.

އަތޮޅު މުބާރާތަށް ހޮވުނު ދަރިވަރުން

ބ. އަތޮޅު ޤުރުއާން މުބާރާތުގައި އޭދަފުށި ތަމްޞީލް ކުރާނެ ދަރިވަރުން

 • އާމިނަތު ފައިހާ ފާއިޒު، އާފުނަ / ބ. އޭދަފުށި    
 • ހުސައިން ފަޟާލް މުޙައްމަދު ހަމީދު، ހަޒާރުމާގެ / ބ. އޭދަފުށި    
 • އަޙްމަދު ނަހްޔާން ނަޝީދު، ޖަވާހިރުމާގެ / ބ. އޭދަފުށި
 • އާމިނަތު ޖަނާ، އާހް / ރ. އިނގުރައިދޫ
 • މުޙައްމަދު ނާއިޝް، ދަނބުގެ / ބ. އޭދަފުށި     
 • ފާޠިމަތު ޔަމްނާ ، ފަސާނާ / ރ. އިނގުރައިދޫ
 • އަމްނާއު އަޙުމަދު ޝާހިދު، އާހް / ރ. އިނގުރައިދޫ      
 • ޢިޔާން ޢަލީ ވަޙީދު، އަލިތަރި / ބ. އޭދަފުށި     
 • މުޙައްމަދު ހިސާން އިބްރާހީމް، ހިޔާވަހި / ބ. ފުޅަދޫ     
 • ޢާއިޝަތު ޝައިބާ، އަލިވާގެ / ބ. އޭދަފުށި      
 • ފާޠިމަތު ޔުމްނާ ޢާޠިފް، ސަބުދެލިގެ / ބ. އޭދަފުށި 
 • ހައިޝަމް ޚާލިދު ، ދޮންދުނބުރިގެ / ބ. އޭދަފުށި  
 • މަލިކާ އަޙްމަދު، އަވިދޭގެ / ބ. އޭދަފުށި   

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.