ބ. އަތޮޅު ސިއްހީ ޚިދުމަތުގެ ރަންޔޫބީލް ޖަލްސާ އަންނަމަހު

ނަރުހުންގެ ދުވަސ ްފާހަގަކުރުމަށް އަތޮޅު ހޮސްޕިޓަލުގެ ނަރުހުން ފޮޓޯއަކަށް ހުއްޓިގެން.

ބ. އަތޮޅުގެ ސިއްހީ ޚިދުމަތަށް މިދިޔަ އަހަރު 50 އަހަރު ފުރިފައިވާތީ، އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން އަތޮޅު ހޮސްޕިޓަލުން ތައްޔާރުވާން ފަށައިފި އެވެ.

ބ. އަތޮޅު ސިއްހީ ޚިދުމަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުވަނީ އެ ހޮސްޕިޓަލުގައި އަހަރަކުގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި މުނާސަބަތާގުޅޭ ރަސްމި ޖަލްސާ އަންނަ ޖުލައި މަހު 5 ގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންއަންނަ ކަމަށެވެ.

ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް މިދިޔަ އަހަރު ބައި ގަރުނުވެފައި ވާއިރު، ހެލްތު ސެންޓަރުގެ ނަމުގައި ސަރުކާރުން މިއަތޮޅުގައި އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްދޭން ފެށީ 1968 ވަނަ އަހަރު އެވެ. ހެލްތު ސެންޓަރު ސިއްހީ މަރުކަޒަށް ބަދަލުކުރެވުނީ 1982 ގަ އެވެ. އަދި ހެލުތު ސެންޓަރުން މިހާރުގެ ބ. އަތޮޅުގެ ހޮސްޕިޓަލަށް ބަދަލުވެ މި ޚިދުމަތް ފުޅާކުރެވުނީ 2001 ވަނަ އަހަރު އެވެ.

މިވަގުތު ބ. އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި އޮޕަރޭޝަން ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.