ބ. އަތޮޅުގައި ޓާޓަލް ފެސްޓިވަލެއް ބާއްވަނީ

ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓުން ފަރާތުން ބ. އަތޮޅުގައި ޓާޓަލް ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

“ވާވޮށި ޓާޓަލް ފެސްޓިވަލް” ނަމުގައި މިއަތޮޅުގަިއ ފުރަތަމަ ފަހަރަށް ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހިތާދޫގަ އެވެ.

އޮލިވް ރެޑްލީން ބުނި ގޮތުގައި މި ފެސްޓިވަލަކީ ވެލާ އަދި ކަނޑުތަކުގެ އެހެން ދިރުންތައް ހިމާޔަތްކުރުމާއި ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގެ މަގުސަދުގައި ބާއްވާ ފެސްޓިވަލެކެވެ.

އެގޮތުން މި ފެސްޓިވަލުގައި ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން މަޢުލޫމަތުދޭނެ އެވެ. އަދި ފެސްޓިވަލުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ސްކޫލު ދަރިވަރުންގެ މެދުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމާއި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލައިފަ އެވެ. މި މުބާރާތްތަކުން ކޮންމެ ކެޓަގަރީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވަނީ ހުށަހަޅާފަ އެވެ.

ކޮކޯ ޕާމްގައި ވެލައަށް ފަރުވާދެނީ

އޮލިވް ރެޑްލީ ޕްރޮޖެކްޓަކީ އިންޑިއާ ކަނޑުގައި މަސްވެރިން ދޫކޮށްލާ ދަލުން ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން ވަނީ މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.