އޭދަފުށި-ގޮއިދޫ މެޗުން ބާ ފުޓްބޯލް ޗެލެންޖު މިއަދު ފަށަނީ

އޭދަފުށީ ޓީމު ފަރިތަކުރުންތަކުގައި

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން، ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބާ ފުޓްބޯލް ޗެލެންޖް އޭދަފުށްޓާއި ގޮއިދޫ ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.

މި މުބާރާތް ހުޅުވައިދެއްވާނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އޭދަފުށީގައި ދާދިފަހުން ހުޅުވި ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ އެގާރަ ޓީމަކުން ވާދަކުރާނެ އެވެ. އެއީ އޭދަފުށްޓާއި ގޮއިދޫގެ އިތުރުން ކުޑަރިކިލު، ކިހާދޫ، ކެންދޫ، މާޅޮސް، ދޮންފަނު، ދަރަވަންދޫ، ހިތާދޫ، ތުޅާދޫ އަދި ފެހެންދޫ އެވެ.

އެގާރަ ޓީމު ތިން ގްރޫޕަށް ބަހާލުމަށް ފަހު ގްރޫޕް އޭ ގައި ހިމެނެނީ ތިން ޓީމެވެ. އަދި ގްރޫޕް ބީ އާއި ސީ ގައި ހިމެނެނީ ހަތަރު ޓީމެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ސެމީ ފައިނަލުން ސީދާ ޖާގައެއް ލިބޭނީ ތިން ގްރޫޕުން އެއް ވަނަ ހޯދާ ޓީމަށާއި ގްރޫޕް ބީ އަދި ސީ އިން ދެ ވަނަ ހޯދާ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށެވެ.

މިމަހުގެ 20ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ. މި މުބާރާތަކީ ބ.އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، ރަށްރަށުގެ ގުޅުންބަދަހިކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

މިއީ މިއަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު 4:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.