ގޮއިދޫ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި

ބާ ފުޓްބޯލް ޗެލެންޖުގައި މިއަދުގެ މެޗުގެ ތެރެއިން–އީޓީ ފޮޓޯ/ތޯރިގް

ބާ ފުޓްބޯލް ޗެލެންޖުގެ ފުރަތަމަ މެޗުން، ފަހަތުން އަރައި ގޮއިދޫ ޔޫތު ސޮސައިޓީ އަތުން 2-1 އިން މޮޅުވެ ކްލަބް އޭދަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާ ގުޅިގެން އޭދަފުށީ ޓާފް ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

ޓޫރިޔަމް މިނިސްޓަރު އަލީ ވަހީދު މިއަދު މެޗު ޝަރަފުވެރިކޮށްދެއްވަނީ

މި މެޗުގެ ފުރަތަމަ ހާފްގެ 20 ވަނަ މިނިޓްގައި ގޮއިދޫ ޓީމަށް ލީޑުނަގައިދިނީ ޝަމްއޫން ޖަމީލެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެނިކޮށް އޭދަފުށިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސީމު އެވެ.

މެޗުން އޭދަފުށި މޮޅުވީ ގޮއިދޫން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ގޮއިދޫން ޖެހީ 20 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަމްއޫން ޖަމީލް އެވެ. ޝައްމޫން އަށް ލިބުނު ބޯޅަ އަށް އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު އެރި ވަގުތު ގޯލުގެ ތެރެއަށް ވައްދާލީ ބޯމަތިން ފޮނުވާލައިގެންނެވެ. ގޮއިދޫން ލީޑު ނެގުމުން އޭދަފުށިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ ނަސީމް އެވެ. އަލީ ނަސީމް އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ. އަލީ ނަސީމް އަކީ މިއަހަރު ކުރީކޮޅު އޮތް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އެއްވަރު ކުރި ގޯލަށް ފަހު ދެ ވަނަ ހާފު އޭދަފުށިން ފެށީ ވަރުގަދަކޮށެވެ. މި ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމަށް ލިޑު ނަގައިދިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ގެ ބޭބެ އަނަސް މުހައްމަދު އެވެ. އެޓީމުގެ އިބްރާހީމް ޝަރީފް ނަގައިދިން ހުރަސް ހުސްކޮށް ހުރެ އަނަސް ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. އޭދަފުށިން ލީޑު ނެގުމުން މެޗުގެ ފަހު ބައިގައި ގޮއިދޫން ވަނީ ކުޅުން ރަނގަޅުކޮށް ގޯލު ޖެހުމާ ގާތަށް ޖެހިލާފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި އޭދަފުށީގެ ކީޕަރު އަޖުފާން އާއި ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ޝާހީ މޫސާ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ޝާހީ މޫސާ (ހިތޭ) އެވެ.

މިއީ މިއަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ބ. އަތޮޅުގެ އެގާރަ ރަށަކުން ވާދަކުރެ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ހިތާދޫ ބައްދަލުކުރާނީ ތުޅާދޫ އާ އެވެ. މެޗު ފަށާނީ ހަވީރު 16:00 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.