އޭލެވެލްގެ ދުނިޔޭގެ އެއްވަނާގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2 ދަރިވަރުން

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 11 ދަރިވަރަކު ދުނިޔޭގެ އެއް ވަނަ ހޯދިއިރު، އޭގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން ހިމެނިއްޖެ އެވެ.

އެއީ ރ. އިނގުރައިދޫ ޝަބްނަމީގޭ ޝަމީލާ އަބްދުލްޖަމީލާއި ބ. ކެންދޫ ބުލްބުލާގޭ އަހުމަދު އިޖްލާލެވެ. މި ދެ ދަރިވަރުން ވަނީ އެކައުންޓީ މާއްދާއިން ދުނިޔެއިން އެއްވަނަ ހޯދައި ރާއްޖޭގެ ގަދަ ދިހަ ވަނާގައިވެސް ހިމެނިފަ އެވެ. މީގެ އިތުރުން އިޖުލާލު ވަނީ އިކޮނޯމިކްސް މާއްދާއިން ދިނިޔެއިން 9 ވަނަ ވެސް ހޯދައިފަ އެވެ.

މި ދެ ދަރިވަރުންގެ އިތުރުން މިދިޔަ އަހަރު އެ ސްކޫލުން އޭލެވެލް ނިންމި ރ ފައިނު ފެހިވިނަ އައިމިނަތު ޝާރާ ވެސް ވަނީ ރާއްޖޭގެ ގަދަ 10 ވަނައިގައި ހިމެނިފަ އެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 އަށް ހޮވުނު ދަރިވަރުން އިއުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުން މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ތަނަވަސް ކޮށްދިން ފުރުސަތުތަކަކީ ސަރުކާރުގެ ޅަފަތުގައި ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި، ތަރައްގީ އާ ހަމައަށް ދެވޭނީ ފެންވަރު ރަނގަޅު ތައުލީމުން ސިކުނޑިތައް މުއްސަނދި ވެފައިވާ ޒުވާން ޖީލެއް ބިނާ ކުރެވިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.