ބ. އަތޮޅު ގުރުއާން މުބާރާތުން އެއްވަނަ އޭދަފުށީ ކައުންސިލަށް

ބ. އަތޮޅު ކައުންސިލުން ބޭއްވި ގުރުއާން މުބާރާތުގެ އެއްވަނަ އޭދަފުށީ ކައުންސިލަށް ލިބިއްޖެ އެވެ.

ޖުލައި 11-12 އަށް އޭދަފުށީގައި ބޭއްވި މި މުބާރާތުގެ އެއްވަނަ އޭދަފުށީ ކައުންސިލަށް ލިބުނުއިރު، ދެވަނަ އަށް ހޮވުނީ ތުޅާދޫ ކައުންސިލެވެ. ތިން ވަނަ ހާސިލްކުރީ ހިތާދޫ ކައުންސިލެވެ.

މުޅި މުބާރާތުން ވަނަ ދިނުމުގެ އިތުރުން މުބާރާތުން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި ފޮތުން ކިޔެވުމުން ވެސް ވަނީ އެއްވަނަ ހޮވައިފަ އެވެ.

އޭދަފުށީ ކައުންސިލުގެ ޓީމް

މުޅި މުބާރާތުން ފޮތުން އެއްވަނަ އަންހެން ދަރިވަރަކަށް ހޮވުނީ ތުޅާދޫ ކައުންސިލުގެ އާޔާ އަބްދުއްރަހީމް އެވެ. މުބާރާތުން އެއްވަނަ ފިރިހެން ދަރިވަރަކަށްވެސް ހޮވުނީ ހަމަ އެރަށު ކައުންސިލުގެ ޔައީސް މުހައްމަދު ސާޖިދު އެވެ.

މުޅި މުބާރާތުން ހިތުދަސްކުރުމުގެ ބައިން އެއްވަނަ އެއްވަނަ އަންހެން ދަރިވަރަކަށް ހޮވުނީ އޭދަފުށީ ކައުންސިލުގެ ޔުމްނާ މުހައްމަދު އާތިފް އެވެ. ފިރިހެން ދަރިވަރަކަށް ހޮވުނީ އޭދަފުށީ ކައުންސިލުގެ މުހައްމަދު ހިސާން އިބްރާހީމެވެ.

މީގެ އިތުރުން ކޮންމެ ގޮތްޕަކުން ވެސް ވަކި އަދަދަކަށް ފޮތް ކިޔަވާ ކުދިންގެ ތެރެއިން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި ވަކިވަކިން ވެސް ވަނީ ވަނަ ހޮވައިފަ އެވެ. މި މުބާރާތުގައި މި އަތޮޅުގެ ފަސްރަށުން 45 ދަރިވަރުން ވާދަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.