ސިއްހީ ޚިދުމަތުގެ ރަންޔޫބީލް ޖަލްސާ މިރޭ، ޝަރަފުވެރިކޮށްދެއްވާނީ ރައީސް

ރަންޔޫބީލް ރަސްމިއްޔާތަށް އަތޮޅު ހޮސްޕިޓަލް ޒީނަތްތެރިކޮށްފައި

ބ. އަތޮޅުގެ ސިއްހީ ޚިދުމަތަށް މިދިޔަ އަހަރު 50 އަހަރު ފުރިފައިވާތީ، އެ މުނާސަބަތު ފާހަގަކުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ އޭދަފުށީގައި އޮންނާނެ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިރޭ ބާއްވާ މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. މި ޖަލްސާގައި ހެލްތު މިނިސްޓްރީން އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ޖަލްސާގައި ފާއިތުވި 50 އަހަރު ތެރޭގައި ބ. އަތޮޅު ސިއްހީ ހިދުމަތަށް ފާހަގަކޮށްލެވޭ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީފިލާ ދިނުން އޮންނާނެވެ.

ރަންޔޫބީލް ރަސްމިއްޔާތަށް އަތޮޅު ހޮސްޕިޓަލް ޒީނަތްތެރިކޮށްފައި

ބ. އަތޮޅުގެ ސިއްހީ ހިދުމަތަށް މިދިޔަ އަހަރު ބައި ގަރުނުވެފައި ވާއިރު، ހެލްތު ސެންޓަރުގެ ނަމުގައި ސަރުކާރުން މިއަތޮޅުގައި އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްދޭން ފެށީ 1968 ވަނަ އަހަރު އެވެ. ހެލްތު ސެންޓަރު ސިއްހީ މަރުކަޒަށް ބަދަލުކުރެވުނީ 1982 ގަ އެވެ. އަދި ހެލުތު ސެންޓަރުން މިހާރުގެ ބ. އަތޮޅުގެ ހޮސްޕިޓަލަށް ބަދަލުވެ މި ޚިދުމަތް ފުޅާކުރެވުނީ 2001 ވަނަ އަހަރު އެވެ.

މިވަގުތު ބ. އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި އޮޕަރޭޝަން ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރެއްގެ އިތުރުން ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.