އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ހަވާ އަރުވައިފި

އީދު ފެށުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވަނީ

އޭދަފުށީގައި އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ ހަވާ އަރުވައިފި އެވެ.

މި އަޟްހާ އީދުގެ ބަންދުގައި އޭދަފުށީގައި “އީދު ފޯރި”ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގައި މިފަހަކަށް އައިސް އެންމެ ބޮޑު ފޯރިއެއް ނަގާ ފަހަރަށް ވާނެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިރަށުގައި މިފަހަރު ކުލަ ގަދަކޮށް އީދު ފާހަގަ ކުރަނީ ދިވެހިންގެ ތެރޭގައި އޮންނަ އިޖުތިމާއީ އެއްބައިވަންތަކަމާއި އަހުވަންތަކަން އާލާކޮށް، ގުޅުން ވަރުގަދަކޮށް، ރަހްމަތްތެރިންނާއެކުގައި އުފާވެރި މާހައުލެއް ހޯދައިނުމަށް ކަމަށެވެ. އެގޮތުން އީދުގެ ހަރަކާތްތަށް މިފަހަރު ކުރިއަށްގެންދަނީ ރަށުގެ ކްލަބް ޖަމިއްޔާތަކާއި ރައްޔިތު އެންމެން ގުޅިގެންނެވެ.

އީދު ފެށުމުގެ ގޮތުން އޭދަފުށީގައި މިރޭ ހަވާ އަރުވަނީ

 އޭދަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ރަސްމީ ފުޓްބޯޅަ ދަނޑު (ވެލި ދަނޑު) ގަ އެވެ. އީދު ނަމާދަށް ފަހު، ބޯޅަ ދަނޑު ސަރަހައްދުގައި އީދު ސައި އޮންނާނެ އެވެ.

އީދާ ގުޅިގެން މިފަހަރު މަޝްހޫރު މޫނުތަކާ އެކު އޭދަފުށީގައި ފޯރިގަދަ މިއުޒިކް ޝޯތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އީދު ޝޯތަކުގައި ގައި މަޝްހޫރު އެތައް ނެށުންތެރިންނެއް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އައްޒަ، ޖާދޫ، ދޮންއަލީ އަދި ޓިކްޓޮކް އިން މަޝްހޫރު ވި އާޝާ އާއި ޝެރާ ހިމެނެ އެވެ.

މީގެ އިތުރުން، އީދު ފާހަގަ ކުރުމުގެ ގޮތުން ފެންކުޅީގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އަދި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ތަފާތު ކުޅިވަރު މުބާރާތްތަކާއި އީދު ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށްދާނެ އެވެ.

މި ހުރިހާ ހަރަކާތެއްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އީދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

އޭދަފުށީގައި ބާއްވާ އީދު ހަރަކާތްތަކުގެ ޝެޑިއުލް:

11 އޯގަސްޓް 2019 (އާދީއްތަ)

 • –  ފުޓްބޯޅަ ދަނޑުގައި (ވެލި ދަނޑު) ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން.  އީދު ނަމާދަށް ފަހު، ބޯޅަ ދަނޑު ސަރަހައްދުގައި އީދު ސައި އޮންނާނެ.
 • –  ފެންކުލަ ޖެހުން –  ރަށު ތެރޭގައި (10:00 – 13:00)
 • –  ކުރުފަލި، ދަފިނެގުން، ކޯޑިކުޅުން ((16:00)
 • –  އީދު ޕެރޭޑް ރަށުގެ ބޮޑެތި މަގުތަކުގައި (16:45 – 18:00)
 • – ޓީބީ މަސްރޭސް ބަނދަރު ސަރަހައްދުގައި (16:00 – 22:30)

12 އޯގަސްޓް 2019 (ހޯމަ)

 • – އަންހެނުންގެ ކޯޑި ކުޅުން – އޭދަފުށީގެ ބޮޑެތި މަގުތަކުގައި (9:00)
 • – ކޯޑި ކެނޑި މީހުންގެ ގައިގައި ދެލިލުން (16:00)
 • – ކަލަރ ފެސްޓިވަލް – ސަންސެޓް ބީޗުގައި (16:00 – 18:00)
 • – އީދު ފޯރި ސްޓޭޖް ޝޯ 1 – ރަސްމީ ސްޓޭޖުގައި (21:00 – 00:30)

13 އޯގަސްޓް 2019 (އަންގާރަ)

 • ދަތި ރޭސް – ބަނދަރު ސަރަހައްދުގައި (9:00 އިން 11:00 އަށް)
 • ތިންމު ގޯލި، ވާދެމުން، ތަފާތު ކުޅިވަރުތައް – ހުޅަނގު ސަރަހައްދުގައި (9:00)
 • ކަލަރ ފެސްޓިވަލް މޫދު ކުޅިވަރު – ދިރާގު ބީޗް ސަރަހައްދުގައި (12:30 – 15:30)
 • އަންހެނުންގެ މަސް ރޭސް – ފާލަން ސަރަހައްދު (15:00)
 • ޓީބީ މަސްރޭސް – ބަނދަރު ސަރަހައްދުގައި (16:00 – 22:30)
 • ތްރީ އެން ބޭކާސް އީދު ބަދިގެ – ސްޓޭޖް ސަރަހައްދުގައި (20:45 – 22:30)

14 އޯގަސްޓް 2019 (ބުދަ)

 • އީދު ފޯރި ޕިކްނިކް ދަތުރު – ބަނދަރު ސަރަހައްދުއި (9:00 – 13:30 އަށް)
 • ފިރިހެނުންގެ ލައިވް ބާބަކިއު – ހުޅަނގު ސަރަހައްދުގައި (20:30)
 • އީދު ފޯރި ސްތޭޖް ޝޯ 2 (21:00 – 00:30)

15 އޯގަސްޓް 2019 (ބުރާސްފަތި)

 • ޓީބީ މަސްރޭސް – ބަނދަރު ސަރަހައްދުގައި (21:00 – 00:30)
 • އީދު ފޯރި ޝޯ 3 – ސްޓޭޖު ސަރަހައްދުގައި (21:00 – 00:30)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.