30 އަހަރަށް ފަހު އޭދަފުށިން ގޯތި ދޫކުރަނީ

ބ. އޭދަފުށި. މިރަށުން އެންމެފަހުން ގޯތި ދޫކުރީ މީގެ 30 އަހަރު ކުރިން– އީޓީ ފޮޓޯ/ފާރިހް

ބ. އޭދަފުށިން ގޯތި ދޫނުކުރާތާ 30 އަހަރު ފަހުން ގޯތި ދޫކުރުމުގެ ހުއްދަ ޕްލޭނިންގ މިނިސްޓްރީން ދީފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މިރަށުގެ ހިއްކި ބިމުން 1400 އަކަފޫޓްގެ 158 ގޯތި ދޫކުރަން ނިންމައި އެކަމުގެ ހުއްދަ ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ދީފަ އެވެ.

ތޮލާލު ވިދާޅުވީ މިރަށުން ގޯތި ދޫނުކުރާތާ މިހާ ގިނަ ދުވަސް ވުމުން ގޯއްޗަށް އެދޭ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެހެންވެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް އޭދަފުށިން ދޫކުރާ 1400 އަކަފޫޓުގެ 158 ގޯއްޗަށް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

“މިރަށުން އެންމެ ފަހުން ގޯތި ދޫކުރީ މީގެ 30 އަހަރު ކުރިން. އެހެންވެ ގިނަ އަދަދެއްގެ މީހުން އެބަތިބި ގޯތި ބޭނުންވާ. މިއީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް، ކައުންސިލުން މިހާރު މިދަނީ ގޯދި ދޫކުރަމަށް އެކަމުގެ ތައްޔާރީތައްވަމުން،” ” އޭނާ ވިދާޅުވި އެވެ.

އޭދަފުށިން ގޯތި ދޫކުރަން ނިންމާފައިވަނީ ހިއްކި ބިމުގެ ދެކުނު ފަރާތުންނާއި އިރުމަތީ ކޮޅުންނެވެ.   

3500 ވުރެ ބޮޑު އާބާދީ އެއް އޮންނަ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ބޭނުން ވެފައިވާ އެތައް އާއިލާ އެއްވެސް ތިބުމާއެކު 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.