ބީއެމްއެލް އިސްލާމިކްގެ އާ ހެޑްކުއާޓަސް ހުޅުވައިފި

ކަސްޓަމަރުންގެ ލުއިފަސޭހަޔަށް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ އަށް ހާއްސަ ކޮށް އާ ހެޑްކުއާޓަސް ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ޒޮނޭރިއާ ގައި ހުޅުވައިފިއެވެ.

ބީއެމްއެލް އިސްލާމިކް އަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ހުޅުވުނު މި ޒަމާނީ ހެޑްކުއާޓަރސް ހުޅުވާދެއްވީ މިކަމަށް ހާއްސަ ކުރެވިގެން ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިނޭންސް އެން ޓްރެޒަރީ އިބްރާހިމް އަމީރެވެ.

ބީއެމްއެލް އިން ބުނީ ހުޅުވިގެންދިޔަ އާ ހެޑްކުއާޓާސް އިން ކައުންޓަރު މެދުވެރިކޮށް ފައިސާ ގެ މުއާމަލާތުގެ ޚިދުމަތުގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ޚިދުމަތް ފޯރުކޮށްދިވިގެންދާނެ ކަމަށެވެ. އަދި މި އިމާރާތުގައި ގާއިމް ކުރެވިފައިވާ ކަސްޓަމަރ އެޑްވައިސް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީޢާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައޫލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. މިއާއެކު، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާދާއިރާ އަކަށް އިސްލާމިކް ބޭނކިންގ ޚިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިންގ ބޭނުންތަށް ދަނެގަނެ އެހީތެރިކަން ފޯރުކޮށްދެވޭކަމީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލްގެ ކޮންވެންޝަނަލް އިން ދޭ ކޮންމެ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެއެވެ. ބީއެމްއެލް އިސްލާމިކް ގެ ޚިދުމަތް ފަރުމާކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ މައްޗަށް ބިނާކުރެވިގެންނެވެ. ކަސްޓަމަރުން ބޭންކަށް ޖަމާކުރާ ފައިސާ ބެލެހެއްޓެނީ މުޅިން ވަކީންނެވެ. އަދި މި ފައިސާ ބޭނުންކުރެވޭނީ ޝަރީޢާ ހުއްދަ ބޭނުންތަކަށެވެ. މި ހުރިހާ ކަންތައް ބަލަމުންދަނީ ބައިނަލް އަޤްވާމީ މާހިރުން ހިމެނޭ ބޭންކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.