ރެޑްވޭވް ސަލީމް ވެސް މަޖިލީހުގެ ހާޒިރީގެ ފުލަށް

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ބައިވެރިވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވި ބޭފުޅެއްގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހިމެނިއްޖެ އެވެ.

މަޖިލީހުގެ ހާޒިރީ ދައްކާގޮތުން މިދިޔަ ދައުރު އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. މިދިޔަ ދައުރުގައި ބޭއްވި 47 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގަތީ އެންމެ 16 ޖަލްސާއަކަށެވެ.

މަޖިލިހުން މިއަދު އާންމު ކުރި 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ހާޒިރީގައިވާ ގޮތުން މިދިޔަ ދައުރުގައި ދެން އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތް އޭދަފުށީ ދާއިރާގެ މެންބަރު ސަލީމެވެ. ވަކި ސަބަބެއް ނާންގަވައި އޭނާ ހަތް ޖަލްސާއަކަށް ވަޑައިނުގަންނަވާ އިރު، ދެން ހުރި ޖަލްސާތަކަށް އޭނާ ވަޑައިގެންނެވި އެވެ.

މިއަތޮޅު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ތިން ޖަލްސާއަށް ސަލާމުގައި ހުންނެވިއިރު، ވަކި އެއްޗެއް ނާންގައި އެއް ޖަލްސާއަށް ވަޑައިނުގަންނަވަ އެވެ. އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެއް ޖަލްސާއަށް ސަލާމްގައި ހުންނެވި އިރު، ރަސްމީ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ ސަބަބުން ހަ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

މަޖިލިހުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައި ވަނީ 35 މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.