ގައުމީ ޓެނިސް ޗެންޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ދިވެހިރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަންފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ޓެނިސް އެސޯސިއޭޝަންއާއެކު ސްޕޮންސަޝިޕް އެގްރިމަންޓެއްގައި  އެ ބޭންކުން މިއަދު ސޮއި ކޮށްފިއެވެ.

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރުއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް 3 އަހަރު ޤައުމީ ޓެނިސް ޗެންޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތްވެސްމެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ ބޭންކަށް ވަރަށް މުހިންމު އަދި ޚާއްސަ ސްޕޮންސަޝިޕެއް ކަމަށެވެ.

“މި އަހަރަކީ ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކު ވެސް މި ސްޕޮންސަރޝިޕް އިތުރަށް ޚާއްސަ ވެގެންދޭ. މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” ޓިމް ސޯޔަރ އެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ބީއެމްއެލް އަކީ ޤައުމީ ފުޓްބޯޅަޓީމްތަކުގެ އޮފިޝަލް ސްޕޮންސަ އެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަން ގެ ޔޫތް ޑިވެލޮޕްމަންޓް ޕާރޓްނަގެ އިތުރުން ސުވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ނޭޝަންވައިޑް ޕާރޓްނަރ އަކީވެސް ބީއެމްއެލްއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.