ފުޓްބޯޅަ ޓީމަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފި، ހަވާ އެރުމުން މާދަމާ ރޭ

މިދިޔަ ބޮޑު އީދު އޭދަފުށީގައި ބޭއްވި “ލެވިސްތާ ކަޕް” ފުޓްބޯޅަ މުބާރާތުގައި ސައިނޯސާ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ސައިނޯސާ ފުޓްބޯޅަ ޓީމުން ކުރިން ރާވާފައި އޮތީ ހަވާއަރުވައި ބަޑިބޭހުގެ ކުޅިވަރުތަކާއެކު މިހަފްލާ ބޭއްވުމަށެވެ. ނަމަވެސް ރޭ މޫސުން ގޯސްވުމުގެ ސަބަބުންނާއި މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ހަވާއެރުމުގެ ހަރަކާތް ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ.

“މޫސުން ތަންދޭނަމަ މާދަމާރޭ އެ ސަރަހައްދުގައި (ދެނުނު ފަރާތު ހުސްބިމުގައި) ހަވާ އަރުވާނެ،” ޓީމުގެ އޮފިޝަލަކު ބުންޏެވެ.

މިއީ ކޮންމެ އަހަރަކު އޭދަފުށީގައި ބާއްވާ ބޮޑު އީދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދި ފަސް ވަނަ ފަހަރެވެ. މިފަހަރު އެ ޓީމަށް ޗެމްޕިއަންކަން ލިބުނީ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ.

އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. މި ކާމިޔާބީއާ އެކު އެޓީމު ވެފައިވަނީ އެމްއޭ ޔުނައިޓެޑާ އެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

aމަލްޓިޕާޕަސް ހޯލުގައި ރޭ ބޭއްވި ހަފްލާގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.