
ބ. އޭދަފުށިން ގޯތި ނޫދުނުރާތާ 30 އަހަރުތަކަކަށް ފަހު، ގޯތި ދޫކުރަން ނިންމައި، ފޯމު ހުށަހެޅުމުގެ ފުރުސަތު ރަށު ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އޭދަފުށީ ހިއްކި ބިމުން ދިރިއުޅުމަށް 1400 އަކަފޫޓްގެ 158 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެ ފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައި ނެތުމާއި ލިބިފައިވާ އެފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުމާއި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން އަދި އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 29 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވުން ހިމެނެ އެވެ.
އަދި، އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ ފަސް އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވުމަކީ ވެސް ޝަރުތެކެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ގޯތި ލިބޭ މީހުން ހޮވާނީ ޕޮއިންޓު ލިބިފައިވާ ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުންނަށް އިސްކަން ދީގެންނެވެ. އެގޮތުން، އެ ފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެ ފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓު ލިބިފައިވާ ގިނަ ބަޔަކު ތިބި ނަމަ އެ ގޯތި ލިބޭ މީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ކައުންސިލުން ވަނީ ގޯތި ދޫރުމާ ބެހޭ ތަފުސީލީ އުސޫލު ވެސް ކައުންސިލުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. ފޯމް ދޫކުރަމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭދަފުށިން ގޯތި ދޫކުރަން ނިންމި އިރު، އޭދަފުށީގައި ސަރުކާރުން އަޅަން ނިންމާގައިވާ ހައުސިން ޔުނިޓްތައް ދޫކުރަން ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ.
GOATHEEGE BODUMIN 900 AKAFOOTAH HADANFENEY. EEE RASHAKEE KUDA RASHAKAHVEFA MUSTHAGUBALAH BALAAIRU DEN ANNA JEELAH GOATHI.NULIBEYNETHY. V. DERA COUNCIL IN VISNAANE KAMAH.UMMEEF KURAN. ITHURAH HIKKEYKAHVES NEIY.