އޭދަފުށިން ގޯތި ދޫކުރަން ކުރި އިއުލާން ބާތިލްކޮށްފި

ބ. އޭދަފުށިން ގޯތި ދޫކުރަން ކުރި އިއުލާން ކުއްލި ގޮތަކަށް ރަށު ކައުންސިލުން ބާތިލްކޮށްފި އެވެ.

އޭދަފުށިން ގޯތި ދޫނުކުރާތާ 30 އަހަރަށް ފަހު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އަންގާރަ ދުވަހު އެވެ. އޭދަފުށީ ހިއްކި ބިމުން ދިރިއުޅުމަށް 1400 އަކަފޫޓްގެ 158 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.

އެކަމަކު ގޯތި ދޫކުރުމަށް ކުރި އިއުލާން ބާތިލުކުރުމަށް ހައުސިން މިނިސްޓްރީން އެންގުމާ ގުޅިގެން މިރޭ ވަނީ ކައުންސިލުން އެ އިއުލާން ބާތިލުކޮށްފައެވެ. ނަމަވެސް އިއުލާން ބާތިލުކުރަން އެންގީ ކީއްވެ ކަމެއް ކައުންސިލުން ނުބުނެއެވެ. ނަމަވެސް އޭދަފުށިން ގޯތި އޭދަފުށިން ގޯތި ދޫކުރަން އިއުލާން ކުރީ އެހެން ރަށްރަށުގައި ވެސް އިއުލާން ކުރި ގޮތަށް ކަމަަށް ވެސް ރަށު ކައުންސިލުން ބުންޏެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި އިއުލާން ބާތިލުކުރަބް އެންގީ އާއްމުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ބައެއް ކަންކަން ފުރިހަމަ ކުރުމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެ އިއުލާން ބާތިލުކުރެވިފައިވާތީ، ގޯތި ދޫކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.

“އަލުން އިއުލާން ކުރުމަށް ކުރެވެންހުރި މަސައްކަތްތައް މިހާރު މިދަނީ ކުރަމުން،” އޭދަފުށީ ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.