ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުން ހަނިފަރު ބީޗު ސަރަހައްދު ސާފުކޮށްފި

ހަނިފަރު ސާފުކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން- ފޮޓޯ / ބައޮސްފިއާ ރިޒާވް

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުން، ހިމާޔަތްކޮށްފައިވާ ހަނިފަރު ބީޗް ސަރަހައްދު މިއަދު ސާފުކޮށްފި އެވެ.

ހެނދުނު 9:00 ން ފެށިގެން މެންދުރު 1:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި، ސާފުކުރުމުގެ ހަރަކާތުގައި ހަނިފަރު ބީޗް ސަރަހައްދުން ގިނަ އަދަދެއްގެ ކުނި ނެގި އެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ދަޅުގެ އިތުރުން ފުޅިމަދު ފޮށިގަނޑު ފަދަ ތަކެތި ނަގާފައިވެ އެވެ.

އެ ތަކެތި ޕާލޭއާ ހަވާލުކުރުމަށް ބަޔޮސްފިއާ ރިޒާވުން ވަނީ ނިންމައިފަ އެވެ. ޕާލޭ އަކީ އުކާލާ ޕްލާސްޓިކް ރީ-ސައިކަލް ކުރުމަށްޓަކައި ކަލެކްޓް ކުރާ ބައެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ، ސާފުކުރުމުގެ މިފަދަ ހަރަކާތެއް ހިންގުމުގެ ބޭނުމަކީ ކުނި މެނޭޖްކުރުމުގެ މުހިއްމުކަމާއި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ރީ-ސައިކަލް ކުރުމަށް ހިތްވަރުދިނުން ކަމަށް އެ ސްކޫލުން ބުނެ އެވެ.

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން އެ ސްކޫލުން އަންނަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.