ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސްކޫލުތަކަށް އަންނަ އެންމެ އުފާވެރި އެއް ދުވަހަކީ ޓީޗަރުންގެ ދުވަހެވެ. މިކަން ރާއްޖޭގެ ހުރިހާ ސްކޫލަކުން މިއަދު ވަނީ ފެނިފަ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދުގެ ހަރަކާތްތައް ފެށީ،  ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ޓީޗަރުންގެ ދުވަހަށް ހާއްސަކޮށްގެން ހުށަހެޅި ލަވައަކުންނެވެ. ޕާޕަލް ކުލައިގެ ހެދުމުގައި، އެ ސްކޫލުގެ ހުރިހާ ޓީޗަރުން މިއަދު ހެނދުނު ސްކޫލަށް އައުމުން ސްކޫލުގެ ޕީޓީއޭގެ ފަރާތުން ކޮންމެ ޓީޗަރަކަށް ވަނީ މާބޮނޑިއެއް ހަދިޔާކޮށްފަ އެވެ. އަދި ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް ފަހު ޓީޗަރުންނަށް ހާއްސަ ސައެއް ވެސް އެ ސްކޫލުގައި އޮތެވެ.

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އެކި ހަރަކާތްތައް ބާއްވާތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މުބާރާތެއް ޓީޗަރުންނަށް ބާއްވާ ކަމަށާއި އެ މުބާރާތްތަކުން ވަނަތައް ހޯދި ޓީޗަރުންނަށް، މިރޭ އިނާމުތައް ހަވާލުކުރާނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރާއިރު އޯލެވެލް އަދި އޭލެވެލް ޓެސްޓުތައް ވެސް އެބަ ކުރިއަށް ދެ އެވެ. އެހެންވެ، ހުރިހާ ހަރަކާތެއް ވެސް ބާއްވަން ޖެހުނީ ޓެސްޓު ހަދާ ކުދިންނަށް ދަތިނުވާ ގޮތަށް، އެކި ވަގުތުތަކަށް ބަހާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.